ޖަރުމަނުވިލާތުގެ ލޭބަރ ލޯ އާއި ޓްވީޓަރ ހިލާފުވެއްޖެ
ޖަރުމަނު ސްޓާފުންގެ ގިނަ ބަޔަކު ޓްވިޓަރގެ ވަޒީފާއިން ވަކިކުރުމުން ބާލިންގެ ޓްރޭޑް ޔުނިއަން މައްސަލައިގެ ތެރެއަށް
މިދިޔަ އޮކްޓޯބަރ މަހު 44 ބިލިއަން ޑޮލަރަށް ޓްވިޓަރ ގަތުމަށް ފަހު ބިލިޔަނަރ އީލާން މަސްކު އަޅުއްވަން ފެއްޓެވި ފިޔަވަޅުތަކަކީ ޓްވިޓާރގެ ސްޓާފުން މަދުކުރުމުގެ މަސައްކަތެވެ. އެ ގޮތުން އެންމެ ފުރަތަމަ ވެސް އެގްޒެކްޓިވް ލެވަލްގެ ހުރިހާ ވެރިން ވަކިކުރެއްވިއެވެ. އަދި ކޮންމެ ސްޓާފަކަށް ވެސް އީމެއިލް އެއް ފޮނުއްވިއެވެ. ޓްވިޓަރގެ ވަޒީފާގައި ދެމި ތިބެވޭނެކަން ނުވަތަ ނޫންކަން އެގޭނީ އެ އީމެލުން ކަމަށް އިއުލާނު ކުރުމަށް ފަހު އެތައް ސްޓާފުންނެއް ވަޒީފާއިން ވަކިކުރެއްވިއެވެ. ޓްވިޓާރގެ ހެޑް ކުއާޓަރުގައި ތިބި ޓެކްނިކަލް ސްޓާފުންނާއި އިންޖިނޭރުންތައް ވެސް ވަޒީފާތަކުން ވަކި ކުރުމަށް ނޯޓިސްދީ މައި އޮފީސް ބަންދުކޮށް ތަޅުލާ ހެދި އެވެ. ޓްވިޓާރ ސްޓާފުންގެ ގޮތުގައި ޖަރުމަނުގައި ތިބި ޖަރުމަނުގެ ރައްޔިތުންގެ ގިނަ ބަޔަކު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން ޖަރުމަނުގެ ބާލިންގެ ޓްރޭޑް ޔުނިއަން ވަނީ މި މައްސަލައިގެ ތެރެއަށް ވަދެފައެވެ.
އެމެރިކާގެ ގާނޫނުތަކާ ހިލާފަށް ޖަރުމަނާއި ޔޫރަޕްގެ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށްދޭ ގާނޫނުތައް މުއައްޒަފުންގެ ވަޒީފާތައް ރައްކާތެރި ކޮއްދޭ ކަމަށް ގާނޫނީ މާހިރުން ވިދާޅުވެއެވެ. ޓްވިޓާރ ގޮވައިގެން ޖަރުމަނުގެ ޓްރޭޑް ޔުނިއަނުން ކޯޓަށް ދާނެ ކަމުގެ ނޯޓިސް މިހާރުވަނީ ދީފައެވެ. އަޔަލޭންޑާއި، ފްރާންސް އަދި ޔޫކޭ އިން ވެސް އިލާން މަސްކު ގޮވައިގެން ކޯޓަށް ދާނެ ކަމުގެ ހަބަރުތައް އިވެއެވެ.
އީލާން މަސްކް ޓްވިޓަރ އޮޕަރޭޓް ކުރާ ކުރުމާ ގުޅޭ ގޮތުންދަނީ ކަން ބޮޑުވުންތައް ފާޅުކުރަމުންނެވެ. މިދިޔަ ހަފްތާގެ ތެރޭގައި އީލާން މަސްކް ވަނީ ޓްވިޓަރ އިން ބޭން ކޮއްފަވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަންޕްގެ ޓްވިޓަރ އެކައުންޓް އެކްޓިވް ކޮއްދެއްވާ ފައެވެ.
ރައީސް ޓްރަންޕްގެ ޓްވިޓަރ އެކައުންޓް އޭރު ބަންދު ކޮއްފައިވަނީ 6 ޖެނުއަރީ 2020 ގައި އެމެރިކާގެ މަޖިލިސް ކުރާގެއަށް ޓްރަޕްގެ ސަޕޯޓަރުން އަރައިގެން މައްސަލާގައެވެ. ނަމަވެސް މަސްކް ވިދާޅުވެފައިވަނީ ޓްރަންޕް ގެ ޓްވީޓަރ އެކައުންޓް ބްލޮކް ކުރުމަކީ ގޯހެއް ކަމަށެވެ. ހަމަ މިއާއި އެކު ކުރިން ޓްވީޓާރ އިން ބުލޮކް ކޮއްފައިވާ ހުރިހާ އެކައުންޓެއް އެކްޓިވޭޓް ކޮއްދޭނެ ކަމަށް ވެސް ވަނީ އިއުލާނު ކޮއްފައެވެ.
އެމެރިކާގެ މިޑްޓާމް އެލެކްޝަން އޮތް ދުވަހު އީލާން މަސްކުވަނީ އެމެރިކާގެ ހުރިހާ ރައްޔިތުން ރިޕަބްލިކަން ޕާޓީގެ ކެޑިޑޭޓުންނަށް ވޯޓު ދިނުމަށް ޓްވިޓަރ މެދުވެރިކޮށް ގޮވާލާފައެވެ. ނަމަވެސް އެއިންތިހާބުގައި މިހާރު ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީވަނީ ވަރަށް ބޮޑު ކާމިޔާބެއް ހޯދާފައެވެ. އީލާން މަސްކް ޓްވިޓަރ މެދުވެރިކޮށް އެމެރިކާގެ ސިޔާސީ މަސްރަހަށް ކުޅެފާނެ ވަރަކާއި ޓްވިޓަރގެ ރައްކާތެރިކަން ކުޑަވުމުން ދުނިޔޭގެ ސުލްހަޔަށް ކޮއްފާނެ ނުރައްކަލަށް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޓްވިޓަރގައި އިސްތިހާރު ކުރާ ބޮޑެތި ކުންފުނިތަކުގެ ތެރެއިން 3 ބައި ކުޅަ 2 ބައި ކުންފުނިތައް ވަނީ ޓްވިޓަރއިން އިސްތިހާރު ކުރުން ހުއްޓާލާފައެވެ. ސަބަބަކީ ހޮލޮކޯސްޓާއި ދެކޮޅު ނުވަތަ ނަސްލީ ތަފާތުކުރާ ޓްވިޓެއް މީހަކު ކޮއްފިނަމަ އެ ކުންފުނި ތަކުގެ އިސްތިހާރަކާއި އެކު ޓްވިޓާރގައި ފެންނަން އިދެއްޖެނަމަ އެކުންފުނިތަކުގެ ވިޔަފާރިތައް ހަލާކުވެ ޕްރޮޑަކްޓްތަކާއި ދެކޮޅަށް ކެންޕެއިން ފެށިދާނެކަމަށް ޖެހެލުންވާތީ އެވެ.
ޖަރުމަނުގެ "ކުންޑި ގުން ޝުތުސް" (ޕްރޮޓެކްޝަން އެގެއިންސްޓް އަންލޯފުލް ޓާމިނޭޝަން އެކްޓް) ގާނޫނަކީ މަސައްކަތްތެރިން މަސައްކަތުގެ މާހައުލުގައި ތިއްބާ ވަޒީފާއިން ވަކިކުރުމުން މަސައްކަތްތެރިން ރައްކާތެރި ކުރުމަށް ހެދިފައިވާ ގާނޫނެކެވެ. މި ގާނޫނުގެ ދަށުން ޓްވިޓާރގެ މުއްޒަފުންގެ ގޮތުގައި ތިބި ޖަރުމަނުގެ ރައްޔިތުންނަށް ބަދަލު ލިބެގެން ދާނެކަމަށް ޖަރުމަނުގެ ވޯކާރސް ކައުންސިލުން ވަނީ ބުނެފައެވެ. ޖަރުމަނުގެ މި ލޯސުއިޓްއަށް ވާގޮތަކުން ޓްވިޓާރ އާއި ދެކޮޅަށް އެހެނިހެން ގައުމު ތަކުގައި ވެސް ފިޔަވަޅުތައް އަޅާނެ ކަމަށް ބެލެވެއެވެ.