ގުޅިފައިވާ އެއްމާބަނޑު ދެކުދިން ކާމިޔާބުކަމާއެކު ވަކިކޮށްފި

ގުޅިފައިވާ އެއްމާބަނޑު ދެކުދިން ކާމިޔާބުކަމާއެކު ވަކިކޮށްފި

ސައުދީ ސާޖަނުންގެ ޓީމަކުން ބުރާސްފަތި ދުވަހު ރިޔާޟްގައި 14 ގަޑިއިރުގެ އޮޕަރޭޝަނަކަށް ފަހު ނައިޖީރިއާގެ ކޮންޖޮއިންޑް ޓްވިންސް  ކަމަށް ވާ ހަސަނާ އާއި ހަސީނާ ކާމިޔާބުކަމާއެކު ވަކިކޮށްފިއެވެ.

ސްޕެޝަލިސްޓް ސާޖިކަލް ޓީމުން ވަނީ ކިންގް އަބްދުލްއަޒީޒް މެޑިކަލް ސިޓީގެ ކިންގް އަބްދުﷲ ސްޕެޝަލިސްޓް ހޮސްޕިޓަލް ފޯ ޗިލްޑްރަންސްގައި ޓްވިންސްގެ ހާލު ރަނގަޅު ކަމަށް އިއުލާންކޮށްފައެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު ނައިޖީރިއާއަށް އުފަން ހަސަނާ އާއި ހަސީނާގެ ބަނޑާއި ޕެލްވިސް އާއި ފުރަމޭ އާއި ގޮހޮރާއި ކުޑަކަމުދާ ނިޒާމު ވަނީ އުފެދުމުގައި ގުޅިފައެވެ.

މި ޓީމުގައި ޖުމްލަ 85 މެމްބަރުން ހިމެނެއެވެ. އެއީ 35  މެޑިކަލް އަދި ސާޖިކަލް ސްޕެޝަލިސްޓުންގެ އިތުރުން ނަރުހުން އަދި ޓެކްނިކަލް ސްޓާފުންނެވެ. މި މަލްޓިޑިސިޕްލިނަރީ ޓީމުގެ އިސްވެރިޔަކީ ސައުދީ ރޯޔަލް ކޯޓުގެ އެޑްވައިޒަރު އަދި ކިންގް ސަލްމާން ހިއުމަނިޓޭރިއަން އެއިޑް އެންޑް ރިލީފްގެ ސުޕަވައިޒަރ ޖެނެރަލްއެވެ.

އެ އޮޕަރޭޝަން ފެށުމުގެ ކުރިން އަލްރަބީހު ވަނީ މި އޮޕަރޭޝަންގައި އަށް މަރުހަލާއެއް ހިމެނޭނެ ކަމަށް ވިދާޅުވެފައެވެ. މި ސާޖަރީ ކޮފައިވަނީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާންގެ އިރުޝާދުގެ މަތިންނެވެ.

ސައުދީ އަރަބިއްޔާގެ އިންސާނީ އެހީތެރިކަމުގެ އިސްނެގުމުގެދަށުން މިދިޔަ 33 އަހަރުގެ މުއްދަތުގެ ތެރޭގައި 23 ގައުމަކުން ކޮންޖޮއިންޑް ޓްވިންސްގެ 130 މައްސަލައަށް އެހީތެރިވެދީފައިވާއިވެއެވެ. އަދި ހަސަނާ އާއި ހަސީނާ ވެގެންދާނީ އޭގެ ސަބަބުން ވަކިވާ 56 ވަނަ ޓްވިންސް ސެޓަށެވެ.