ކާމިޔާބު ފެނަކަ : ތުޅާދޫ ޕަވަރ ހައުސް

ތުޅާދޫގެ އާބާދީއަށް ބޭނުންވާ ފުރިހަމަ ކަރަންޓް ފޯރުކޮށް ދިނުމުގެ ގާބިލުކަން

ކާމިޔާބު ފެނަކަ : ތުޅާދޫ ޕަވަރ ހައުސް

ރައީސް ސޯލިހުގެ ހެޔޮވެރިކަމުގައި ރާއްޖޭގެ އެތައް ރަށެއްގެ ކަރަންޓްގެ ހިދުމަތް ފުޅަކޮށް ވަރުގަދަކޮށް އެންމެ ޒަމާނީ ފެންވަރުގައި ހިދުމަތް ދިނުމަށް ވަރަށް ބޮޑަށް އިސްކަން ދެއްވިއެވެ. ކަރަންޓްގެ ވިއުގަ ފުޅާކޮށް އަޕްގްރޭޑްކުރުމުގެ ގޮތުން ބ. އަތޮޅުގެ ގިނަރަށްތަކަެއްގައި ޒަމާނީ ފެންވަރަށް އިންޖީނުގެ އަޅާދީ ކުރިންހުރި ގެނދަބުޅި އިންޖީނުގެ ތަކުގައި ތަޅު އަޅުވާ މުޅިން އައު އިންޖީނުގެ ތަކަކުން ވަނީ ހިދުމަތް ދޭން ފަށާފައެވެ.

ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް ހިންގާފައިވާ ކާމިޔާބު ބިޔަ މަޝްރޫއުތައް ރައީސް ސޯލިހު އެގެންދަވަނީ ރަސްމީކޮށް ހުޅުއްވާ ދެއްވަމުންނެވެ.

ބ. ތުޅާދޫ އިންޖީނުގެ

23 އަހަރުވީ ބައު އިންޖީނުގެ އުވާލާ އައު އިންޖީނުގެއެއް ބިނާކޮށް ހުޅުވުނީއެވެ. ކުރިން އޮފީސް އިމާރާތެއް ނެތް ތުޅާދޫ އިންޖީނުގެއަކީ މިހާރު ބޮޑު އޮފީސް އިމާރާތަކައެކު ބިނާކޮށްފައިވާ ޒަމަނީ އިންޖީނުގެއެކެވެ. 15 މުއައްޒަފުންނަށް ދަތިކަމެއް ނެތި މަސައްކަތްކުރެވޭނެހެން އަލަށް އިމާރާތްކުރި އިންޖީނުގޭގައި އިންޖީނު ރޫމުގެ އިތުރަށް ސްޓޮކާއި ވޯކްޝޮޕާއި އިދާރީ އޮފީހުގެ ހުރިހާ ކަމެއް އެންމެ ރަނގަޅު ފެންވަރުގައި ކުރެވޭނެ ހުރިހާ ވަސީލަތެއް ވަނީ ގާއިމުކޮށްފައެވެ. ކޮންޓްރޯލް ރޫމާއި ސްޓޯރއާއި ފިއުލް ޓޭންކާއި ޗިމްނީއާއި ޕޭންޓްރީ ހުރެއެވެ. ހަމަ އެއާއި އެކު އޮފީސް ބައިގާ ރިޝެޕްޝަނާއި މީޓިންގ ރޫމާއި މެނޭޖަރ ރޫމާއި ޕޭންޓްރީއާއި ފާހާނާއާއި ސްޓޯރ ރޫމް ހިމެނެއެވެ.

ތުޅާދޫގެ އާބާދީއަށް ބޭނުންވާ ފުރިހަމަ ކަރަންޓް ފޯރުކޮށް ދިނުމުގެ ގާބިލުކަން އަލަށް އިމާރާތްކުރި ފެނަކަ އިންޖީނުގޭގައި އެބަހުއްޓެވެ.