މުއިއްޒު ވިދާޅުވި ބްލޮކް ގްރާންޓް ފޭދޫން ބޭނުމެއް ނުވި!
އައު ގާނޫނު އަސާސީ ތައާރަފް ވީފަހުން ރާއްޖޭގައި ނެގި ފުރަތަމަ ފެންނަ ނުފެންނަ ވޯޓް މިއަދު އައްޑޫ ސިޓީގެ ތިން އަވަށެއްގައި ބާއްވައިފިއެވެ. ގާނޫނީ ބައެއް މާހިރުން ވިދާޅުވާ ގޮތުގައި އައްޑޫގައި ބޭއްވި ފެންނަ ނުފެންނަ ވޯޓަކީ ގާނޫނު އަސާސީއާއި ހިލާފަށް ނެގި ވޯޓެއް ކަމަށެވެ.
ކޮންމެހެނެއް ބޭއްވުނަސް އައްޑޫ ސިޓީގެ ބައެއްގައި ފެންނަ ނުފެންނަ ވޯޓެއް ބާއްވާ އެތަންތާނގެ ރައްޔިތުން ބޭނުންވާ ގޮތް ބަލައިފިއެވެ. އައްޑޫގެ ބައެއްގައި ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތްކަމަށް ރައީސް ވިދާޅުވިޔަސް ވޯޓާ ދިމާކުރައްވާ ފޭދޫ އާއި މީދޫ އާއި ހުޅުދޫ ކައުންސިލަށް ލިބޭނެ ބްލޮކް ގްރާންޓްގެ އަދަދުތައް ރައީސް ވަނީ ވިދާޅުވެ ދެއްވާ އައްޑޫސިޓީ ކައުންސިލުން އެ ތިންރަށް ވަކިވުމަށް ބާރުލިބޭ ގޮތަށް ވާހަކަ ދައްކަވާފައެވެ.
ކިތަންމެ ބޮޑު ބްލޮކް ގްރާންޑެއް ލިބުނަސް އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ފޭދޫ މެޖޯރިޓީ ބޭނުން ނުވާކަން މިއަދު ނެގި ވޯޓުގައި ފޭދޫން ބުނެފިއެވެ. އައްޑޫ ސިޓީ ކައުންސުލް ފޭދޫ ނެރެލަން ރާއްޖޭގެ ހަރިޖީ ވަޒީރުގެ ދެބަފައިން ފޫގަޅާފައި ކުރިހާ މަސައްކަތް ފޭދޫ ރައްޔިތުން މިއަދު އެދުއްވާލީ ފަނުފުލުންނެވެ.
ފޭދޫއަށް ނިސްބަތްވާ މަޖިލިސް މެންބަރ އިބްރާހީމް ދީދީ ( އައިބީ) އާއި އޭނާގެ ދަރިކަލުން ހާރިޖީ ވަޒިރު އަލީ އިހުސާނުއަކީ ފޭދޫގައި ބަސްވިކޭ ބައެއް ނޫންކަން ރައީސް މުއިއްޒަށް ފޭދޫ ރައްޔިތުން ސާބިތު ކޮށް އެދެނީ ހުތުރު ގޮތަކަށެވެ.