ދަރަވަންދޫގާ ބޯންދެނީ އެކްސްޕަޔަރވެފާހުރި ކްލޮރިން އެޅިފެން

ކައުންސިލުން ބަޔާންވެސް ނެރެފި

ދަރަވަންދޫގާ ބޯންދެނީ އެކްސްޕަޔަރވެފާހުރި ކްލޮރިން އެޅިފެން
  • ސްކޫލު ކުދިން ބުއިމަށް ހުރީ އެކްސްޕަޔަރ ވެފައިހުރި ކްލޮރިން އެޅި ސަޕްލައި ފެން
  • ދަރަވަންދޫގައި ބޭރަށް ހިންގުމުގެ ރޯގާއެއް ވަރަށް ބާރަށް ފެތުރެމުން އެބަދޭ

ދަރަވަންދޫގައި މިހާރު ބޯންދެނީ މުއްދަތު ހަމަވެފައިވާ ކްލޮރިންއެޅި ފެންކަމަށް މައުލޫމާތު ލިބިއްޖެއެވެ. 

ދަރަވަންދޫއަށް އާއްމުކޮށް މިހާރު ދޫކޮށްފައިވާ ފެނަކީ މުއްދަތު ހަމަވެފައިވާ ކްލޮރިން އަޅައިގެން ދޫކޮށްފައިވާ ފެންކަމަށް އެރަށުގެ ކައުންސިލުން ވަނީ ކަށަވަރު ކޮށްފައެވެ.  އެ ފެން ބޭނުން ކުރުމުގައި ރައްކާތެރިވުމަށް ރައްޔިތުންނަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ދަރަވަންދޫ ކައުންސިލުގެ ރަސްމީ ނޯޓިސްބޯޑުގައި ދަރަވަންދޫ ކައުންސިލުން އާއްމުކޮށްފައިވާ އާއްމު އިއުލާނެއް އެކަމަށްޓަކާ މިއަދު ވަނީ ކޮށްފައެވެ. 

ދަރަވަންދޫ ކައުންސިލްގެ މެންބަރުން ސޮއި ކުރައްވާ އެކަމާގުޅިގެން ބަޔާނެއްވެސް ދެންމެ ވަނީ ނެރެފައެވެ.