ސްނާމީގެ ތަޖުރިބާ ރައީސްގެ ދޫފުޅުން
ލޮނުގަނޑު އަރައިގެން އައިސް ރާޅު ފާބައިގެން ދިޔައިރު މުޅި ރަށް ދޮވެލައިފި
26 ޑިސެމްބަރ 2004 ދުވަހު ރާއްޖެއަށް ސުނާމީ އެރި އިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ހުންނެވީ އާއިލާއާއެކު އުފަން ރަށުގައެވެ. ޅ. ހިންނަވަރު އިބްރާހީމް މުހައްމަދު ސާލިހަކީ އޭރަކު އަދި ރައީސުލްޖުމްހޫރިއްޔާއެއް ނޫނެވެ. ރައްޔިތުން މަޖިލިސްގެ ޅ. އަތޮޅު މެންބަރެވެ.
2004 ގެ ސްނާމީގެ އަމިއްލަފުޅު ތަޖުރިބާ ރައީސް ސާލިހު އާއްމު ތަނެއްގައި ފުރަތަމަ ފަހަރަށް ހިއްސާ ކުރެއްވީ މ. ކޮޅުފުށީގައި މިއަދު ކީރިތި ކުރައްވަމުންނެވެ.
ސްނާމީ ކާރިސާގައި އެންމެ ބޮޑަށް ގެއްލުންވި އެއްރަށް ކަމުގައިވާ މ. ކޮޅުފުށީގައި ފާހަގަ ކުރަމުންދާ ގައުމީ އެއްބައިވަންތަ ކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް އެ ދުވަހު ކުރެއްވި ތަޖުރިބާ ހިއްސާކުރެއްވީ ވަރަށް ކުރުކޮށް އެހެނަސް އަސަރާއެކުގައެވެ.
”އަޅުގަނޑުގެ އަންހެނުންނާއި ދެ ކުދިންނާއި، މުޅި އާއިލާ އެކީ ތިބީ ރަށުގައި (ހިންނަވަރުގައި). އަޅުގަނޑުގެ ދޮށީ ދަރިފުޅު 9 އަހަރުގެ ޒާރާ... އިނީ ގޭކުރިމަތީގައި އިން ގަހެއްގައި. 7 އަހަރުގެ ފިރިހެން ދަރިފުޅު އިނީ ފާރެއް މަތީގައި. މުޅި އާއިލާ ރަށުގައި. އަޅުގަނޑު ހިތުން އެ ދުވަހު ކޮޅުފުއްޓަށް ވީގޮތަކީ އަޅުގަނޑު ދުށް މަންޒަރަށްވުރެ މާ ހިތާމަވެރި ދުވަހެއް. މާ ބިރުވެރި ދުވަހެއް." ކީރިތި ކުރައްވަމުން ރައީސް ވިދާޅުވިއެވެ.
އެވަގުތު ރައީސްގެއާއިލާ ހިންނަވަރުގައި:ދަރިކަނބަލުން (ފާރުބުރިމަތީގައ)، އަނބިކަނބަލުން (ގޯތިތެރޭ ލޮނުގަނޑުތެރޭގައި)
ލޮނުގަނޑު ރަށު ތެރެއަށް އަރައިގެން އައިސް، ގޭތެރެއަށް ވަދެ، އެ ރާޅު ފާބައިގެން ދިޔައިރުގައި މުޅި ރަށް ދޮވެލައިގެން އެ ދިޔަ ގޮތް އެއީ އެ ދުވަހު އެ ތަނުގައި ހުރި މީހަކަށް ނޫނިއްޔާ އިހުސާސް ކުރެވޭނެ ކަމެެއް ނޫނެވެ.