ހޯރްމުޒް ހުޅުވާލައިފިނަމަ ހަމަލާބަދަލުކުރުން ހުއްޓާލާނަން: ޓްރަމްޕް
ހޯރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލައިފިނަމަ، އީރާނާއެކު ހަމަލާބަދަލުކުރުން ހުއްޓާލާނެކަން ޓްރަމްޕް އިޢުލާންކުރައްވައިފިއެވެ.
ޕާކިސްތާނުގެ އިސްވެރިންނާ އެކު ކުރެވުނު މަޝްވަރާތަކަށްފަހު، ހޯރްމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމުގެ ފުރުޞަތު ދިނުމަށް އީރާނުން އެއްބަސްވާނަމަ، އެމެރިކާއާއި އީރާނާ ދެމެދު ހަމަލާބަދަލުކުރުން ހުއްޓާލުމަށް ނިންމާފައިވާކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
"އީރާނަށް ދެމުންދާ ބޮމުގެ ހަމަލާތަކާއި އެނޫންވެސް ހަމަލާތައް ދެ ހަފުތާގެ މުއްދަތަށް މެދުކަނޑާލުމަށް އަޅުގަނޑު އެއްބަސްވަން،" އޭނާ ވިދާޅުވިއެވެ.
"މިއީ ދެފަރާތުންވެސް ހަމަލާބަދަލުކުރުން ހުއްޓާލާނެ 'ސީޒްފަޔަރ' އެއް!"
ޓްރަމްޕް އިތުރަށް ވިދާޅުވީ، ދެ ހަފުތާގެ މުއްދަތަށް ހަމަލާބަދަލުކުރުން ހުއްޓާލުމަށް އޭނާ އެއްބަސްވެވަޑައިގަންނަވާނީ، "ހޯރްމުޒް ކަނޑުއޮޅި ފުރިހަމައަށް، ވަގުތުން، އަދި ރައްކާތެރިކަމާއެކު ހުޅުވާލުމަށް އިސްލާމިކް ރިޕަބްލިކް އޮފް އީރާނުން އެއްބަސްވާނަމަ" ކަމަށެވެ.




