އަންހެނަކަށް މަރުގެ އަދަބު ދީފި

އަންހެނަކަށް މަރުގެ އަދަބު ދީފި

ގާތްގަނޑަކަށް 20 އަހަރު ފަހުން ފުރަތަމަ ފަހަރަށް ސިންގަޕޫރުން ހުކުރު ދުވަހު އަންހެނަކަށް މަރުގެ އަދަބު ދީފައިވާކަން އޮފިޝަލުން ވަނީ ކަށަވަރުކޮށްދީފައެވެ.

ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ ސާރިދޭވީ ޖަމާނީ، 45، ގެ މައްޗަށް 2018 ވަނަ އަހަރު 30ގ (1.06އޮޒް) ގެ ހެރޮއިން ޓްރެފިކް ކުރުމުގެ ކުށްވަނީ ސާބިތުވެފައިވެއެވެ

ސިންގަޕޫރުއަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ދުނިޔޭގެ އެންމެ ހަރުކަށި ބައެއް ގާނޫނުތައް އޮންނަ ގައުމުގެ ތެރެއިން އެއްގައުމެވެ. އެއީ މުޖުތަމައު ހިމާޔަތް ކުރުމަށް ކޮންމެހެން ތަންފީޒު ކުރަންޖެހޭ ގާނޫނުތަކެއް ކަމަށް އެގައުމުން ބުނެއެވެ.

ސިންގަޕޫރުގެ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގައި މަރުގެ އަދަބު ދޭނީ 500ގ އަށް ވުރެ ގިނަ މަސްތުވާތަކެތި ނުވަތަ 15 ގްރާމް ހެރޮއިން ޓްރެފިކް ކުރާ މީހަކަށް ވާނަމައެވެ.

ސިންގަޕޫރުގެ ސެންޓްރަލް ނާކޮޓިކްސް ބިއުރޯ (ސީއެންބީ) އިން ނެރުނު ބަޔާނެއްގައި ބުނީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 6 ވަނަ ދުވަހު މަރުގެ ހުކުމް އިއްވި ސާރިދީވީއަށް ގާނޫނުގެ ދަށުން "ފުލް ޑިއު ޕްރޮސެސް" ދީފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް ސާބިތުވި މައްސަލައިގެ އިސްތިއުނާފު އެ ގައުމުގެ އެންމެ މަތީ ކޯޓުން ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހު ބާތިލްކޮށްފައެވެ. އޭނާ މަރާލާފައި ވަނީ 2017 ވަނަ އަހަރު 50 ގްރާމްގެ ހެރޮއިން ޓްރެފިކް ކުރި ކަމަށް ސާބިތުވުމުންނެވެ.