50 ސްކޫލަކަށް ބޮމުގެ އިންޒާރު!

އިންޒާރުތައް ލިބުނީ ބުދަ ދުވަހު މެއިލް މެދުވެރިކޮށް

50 ސްކޫލަކަށް ބޮމުގެ އިންޒާރު!

އިންޑިއާގެ ދިއްލީގެ 50 ސްކޫލަކަށް ބޮމުގެ އިންޒާރު ލިބިއްޖެއެވެ. 

މި އިންޒާރުތައް ލިބުނީ ބުދަ ދުވަހު މެއިލް މެދުވެރިކޮށެވެ. އެއާ އެކު ސްކޫލްތަކުން ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ދަރިވަރުން ގެއަށް ފޮނުވާލާފައެވެ. 

މެއިލް މެދުވެރިކޮށް ލިބުނު މި އިންޒާރުތަކާއި ގުޅިގެން ހުރިހާ ސްކޫލެއް ބަލާ ފާސްކޮށްފައިވާ ކަމަށާއި މިހާތަނަށް ތުހުމަތު ކުރެވޭ އެއްޗެއް ފެނިފައިނުވާ ކަމަށް އިންޑިއާގެ ސަލާމަތީ އިދާރާތަކުން ރިޕޯޓު ކޮށްފައިވެއެވެ. 

މިހާތަނަށް ކުރި ތަހުގީގު ތަކުން އެނގިފައިވާ ގޮތުގައި މިއީ ކުދިންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމުގެ ގޮތުން ފޮނުވާފައިވާ މެއިލްތަކެއް ކަމުގައި ބެލެވޭ ކަމަށް އިންޑިއާގެ ސަލާމަތީ އިދާރާތަކުން މައުލޫމާތު ދީފައިވެއެވެ. އަދިވެސް އިތުރު ތަހުގީގުތައް ކުރިއަށް ދާއިރު، ދަރިވަރުންނާއި ބެލެނިވެރިން ހާސްވެ ކަންބޮޑު ނުވުމަށް އިލްތިމާސް ކޮށްފައިވެއެވެ.