ފިރިހެން ކުއްޖެއްގެ އިއްފަތްތެރި ކަމަށް އަރައިގަތް މީހަކު ޖަލަށް

ފިރިހެން ކުއްޖެއްގެ އިއްފަތްތެރި ކަމަށް އަރައިގަތް މީހަކު ޖަލަށް

ޔޫއޭއީގައި ފިރިހެން ކުއްޖެއްގެ އިއްފަތްތެރި ކަމަށް އަރައިގަނެ ޖިންސީ ގޯނާކުރި ކަމުގެ ކުށް ސާބިތުވެ މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ. އުމުރުން 11 އަހަރުން ފެށިގެން ފިރިހެން ކުއްޖެއްގެ އިއްފަތްތެރި ކަމަށް އަރައިގަންނަމުން އައިކަން ސާބިތުވި މީހާ މައްޗަށް ހުކުމް ކުރީ ދެލައްކަ ދިރުހަމުން ޖޫރިމަނާކޮށް 20 އަހަރަށް ޖަލަށް ލުމަށެވެ. 

ޔޫއޭއީގެ ކްރިމިނަލް ކޯޓުގައި ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާއަކީ ސައްޙަ ދައުވާއެއް ކަމަށް ސާބިތުވެފައެވެ. ޝިކާރައަކަށް ވެފައިވާ ކުއްޖާގެ މަންމަ ބުނާގޮތުން ތިމާގެ މީހަކު އޭނާގެ ދަރިފުޅަށް އުމުރުން 11 އަހަރުން ފެށިގެން އެތައް ފަހަރަކު ޖިންސީ ގޯނާ ކުރަމުން ވަނީ އައިސްފައެވެ. 

ތަހުގީގުތަކުން އެނގުނު ގޮތުގައި ދައުވާ ލިބޭ މީހާ ވަނީ ޝިކާރައަކަށް ވެފައިވާ ކުއްޖާއަށް ބިރު ދައްކައިގެން އެކަން ރިޕޯޓް ނުކުރުމަށް ބުނެފައިއެވެ. އަދި މި މީހާއަކީ މަސްތުވާތަކެއްޗާއި ސައިކޯޓްރޮޕިކް މާއްދާތައް ބޭނުން ކުރަމުން އަންނަ މީހެކެވެ.

ދައުލަތުގެ ވަކީލުން ވަނީ ބެލެނިވެރިންނާއި އާއިލާތަކުން ދަރިންނަށް ސަމާލުކަންދީ، ދަރިންނަށް މުއާމަލާތްކޮށް، ދަރިން ބުނާ އެއްޗެހި ރަނގަޅަށް އަޑުއަހަން އިލްތިމާސްކޮށްފައިއެވެ.