ކާބޯތަކެތި ފޯރުކޮށްދޭ އެހީތެރިންތަކެއް އިޒުރޭލުން މަރާލައިފި

އައިއާރުޖީސީގެ އިސް ކޮމާންޑަރެއް ވެސް ޝަހީދުކޮށްލި

ކާބޯތަކެތި ފޯރުކޮށްދޭ އެހީތެރިންތަކެއް އިޒުރޭލުން މަރާލައިފި

އެމެރިކާގެ އެހީދޭ ޖަމާއަތެއް ކަމަށްވާ ވޯލްޑް ސެންޓްރަލް ކިޗަނުގެ ކާބޯތަކެތި ފޯރުކޮށްދިނުމަށް މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން އިޒްރޭލުގެ  އަސްކަރިއްޔާއިން ދިން ހަމަލާއެއްގައި އެ ޖަމިއްޔާގެ ހަތް މުވައްޒަފަކު މަރާލައިފިއެވެ.

ޟަހީދުކޮށްލާފައިވަނީ ފަލަސްތީނާއި އޮސްޓްރޭލިއާ އާއި ޕޮލެންޑާއި އިނގިރޭސިވިލާތާއި އެމެރިކާ-ކެނެޑާއަށް ނިސްބަތްވާ ރައްޔިތުންނެވެ.

ހަމައެއާއެކު، އީރާނުގެ އޮފިޝަލަކު ވިދާޅުވީ އިޒްރޭލުން ދިމިޝްގުގައި ހުންނަ އިސްލާމިކް ރިޕަބްލިކްގެ ކޮންސިއުލޭޓް އިމާރާތަށް ހަމަލާދީ އައިއާރުޖީސީގެ އިސް ކޮމާންޑަރެއް ހިމެނޭ ގޮތަށް އެތައް ބަޔަކު މަރާލީ ޣައްޒާގައި އިޒްރޭލުގެ އަސްކަރިއްޔާގެ މަގުސަދުތައް ހާސިލް ނުކުރެވިގެން ކަމަށެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 32،916 މީހުން ޟަހީދުކޮށް، 75،494 މީހުން ޒަހަމްވެފައިވެއެވެ. މީގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ގިނަ އަދަދަކަށް ޟަހީދުވަމުންދާއިރު، ފަލަސްތީނުގެ ކުށެއްނެތް އެތަށް ކުޑަކުދިންނާއި ފިރިހެނުން ހައްޔަރުކޮށް ލާއިންސާނީ އަނިޔާ އެ މީހުންނަށް ދަނީ ކުރަމުންނެވެ.