ސިޔާސީ ނާރެހުން ބިޔަ ބޮޑު ޕީޕީއެމްގެ ވަސް މުއިއްޒު ފުހެލައިފި!

މުއިއްޒު ސަރުކާރަކީ އިހްލާސްތެރި ސަރުކާރެއް ނޫން: ޔާމީން

ސިޔާސީ ނާރެހުން ބިޔަ ބޮޑު ޕީޕީއެމްގެ ވަސް މުއިއްޒު ފުހެލައިފި!

މުއިއްޒު ސަރުކާރަކީ އިހުލާސްތެރި ސަރުކާރެއް ނޫންކަމަށް ކުރީގެ ރައީސް ޔާމީނު ވިދާޅުވެއްޖެއެވެ. ރައީސް ޔާމީނު ވިދާޅުވާ ގޮތުގައި ރާއްޖޭގައި ޕީއެންސީއަށްވުރެ ޕީޕީއެމްގެ އިހްލާސްތެރި މެމްބަރުން މާގިނަވާނެއެވެ. "ރާއްޖޭގައި އަދިވެސް ޕީއެންސީއަށް ވުރެން ތިން ހަތަރު ގުނަ ގިނައިން އުޅޭނީ ޕީޕީއެމްގެ އިހްލާސްތެރި މެންބަރުން." ކަމަށް ޕީޕީއެމްގެ ކުރީގެ ރައީސް ޔާމީނު ރޭގައި ވިދާޅުވިއެވެ.

މުއިއްޒު ސަރުކާރަކީ އިހުލާސްތެރި ސަރުކާރެއް ނޫންކަން ސާބިތުކޮށް ދެއްވުމުގެ ގޮތުން ރައީސް ޔާމީނު ވިދާޅުވީ "ޕީޕީއެމަކުންނެއް އެއްވެސް ދާއިރާއަކަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދާއިރާއަކަށް މެންބަރަކު ކުރިމައްޗެއް ނުކުރުވަ"އެވެ. ރައީސް މުއިއްޒުގެ އިހުލާސްތެރިކަން ނެތްވަރު ފާހަގަ ކުރެއްވުމުގެ ގޮތުން ރައީސް ޔާމީނު ވިދާޅުވީ ކުރިޔަށް އޮތް މަޖިލިސް އިންތިހާބުގައި ޕީޕީއެމް އެއްވެސް ބޭފުޅަކަށް ޕީޕީއެމްޓިކެޓްގައި ކުރިމަތިލައްވާ ވާދަކުރެއްވުމަށް ފުރުސަތު މުއިއްޒު ނުދެއްވާކަމަށެވެ.

ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމުގައިވާ އަހުމަދު ޝިޔާމް އާއި ގައްއްސާން މައުމޫނަށް ވަޒީރުކަން ދެއްވައިގެން މުއިއްޒު ޕީޕީއެމް ހިސޯރު ކޮށްފައިވާ ކަމަށް މެރުންވާ ގޮތަށް ރައީސް ޔާމީނު ދެއްކެވި ވާހަކަފުޅުގައި މިހާރުވެސް ޕީއެންސީއަށްވުރެ ޕީޕީއެމްގެ މެމްބަރުން ގިނަވެފައި އިހްލާސްތެރިވާނެ ކަމަށް ވިދާޅުވިއެވެ. 

ޕީއެންސީ ވެރިކަމަށް އަންނަން އުޅުނުއިރު ދެއްކި ވާހަކަތަކާއި އަމަލާއި މުޅިން ތަފާތުކަމަށްވެސް ރައީސް ޔަމީނު ވިދާޅުވިއެވެ. ޕީޕީއެމް މެންބަރުން ޕީއެންސީއަށް ބަދަލުނުކުރާނެ ކަމަށް ބުނަމުން އައި ސަރުކާރުން ބައެއް ދާއިރާތަކުގައި ރަށު ކައުންސިލް ތަކާއި ސްޓެއަރިން ކޮމިޓީތައް އެކީ އެކަށް ޕީޕީއެމުން ޕީއެންސީއަށް ބަދަލު ކޮށްލިކަމަށް ޔާމީނު ވިދާޅުވިއެވެ.

ޕީޕީއެމްގެ ހިއްވަރާ ތާއީދާއި މަސައްކަތުން ގެނައި ރާއްޖޭގެ ރިޔާސަތުގައި ޕީޕީއެމްގެ ބައިވެރިވުމެއް ނެތެވެ. ރާއްޖޭގެ ރައީސާއި ނައިބު ރައީސާ ދެ ބޭފުޅުންކުރެ އެއް ބޭފުޅަކުވެސް ޕީޕީއެމަށް ނިސްބަތެއް ނުވެއެވެ. ބައިލައްކައަށް ވުރެ ގިނަ މެންބަރުން ހިމެނޭ ޕީޕީއެމަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕާޓީ ތަމްސީލު ކުރުމުގެ ފުރުސަތެއް ނެތެވެ. ޕީޕީއެމްގެ ކޮނޑުމަތިން ވެރިކަން ހޯދާ ރާއްޖޭގެ ސިޔާސީ ނާރެހުން ބިޔަ ބޮޑު ޕީޕީއެމްގެ ވަސް މުއިއްޒު ފުހެލައިފިއެވެ.