ރާހުލް ގާނދީ ފައިމަގުގައި މުޅި އިންޑިޔާގައި ހިގުން

"އެކުގަ އެޅޭ ކޮންމެ ފިޔަވަޅަކީ ވަރުގަދަ ވުމެއް" ޕްރިޔަންކާ ގާނދީ

ރާހުލް ގާނދީ ފައިމަގުގައި މުޅި އިންޑިޔާގައި ހިގުން

ރާހުލް ގާނދީ ފައިމަގުގައި މުޅި އިންޑިޔާގައި ހިގުންމަށް މިދިޔަ ސެޕްޓެމްބަރ 7 ވަނަ ދުވަހު ފެށި ހަރަކާތަކީ "ބާރަތު ޔާތުރާ ޔޮދާ ޔާތުރާ" ގެ ނަމުގައި ފެށި ހަރަކާތެކެވެ. އިންޑިޔާގެ އެންމެ ދެކުނުގައި އޮންނަ ރަށް ކަމުގައިވާ ކަންޔާކުމާރީން ފެށި ހިގުނމުގައި  ޓަމިލްނާޑޫ ސްޓޭޓުން ފިލްމުސްޓާރު ކަމަލް ހަސަން ވަނީ ރާހުލްގެ ހިގުމުގައި ބައިވެރި ވެފައެވެ. އަދި އިއްޔެވަނީ މަހަރާސްތާ ސްޓޭޓް ހުރަސްކޮށް މަދިޔަޕްރަދޭސް އަށް ވަދެފައެވެ.

ރާހުލް ގާނދީގެ މި ހިނގާލުމުގައި ބައިވެރިވުމަށް އިންޑިޔާ ކޮންގްރެސްޕާޓީގެ އިސް އެތައް މެންބަރުންނާއި އާންމުން ދަނީ އެކި ހިސާބުން ގުޅެމުންނެވެ. ކޮންގްރެސްޕާޓީގެ އާންމު މެންބަރުންގެ އެންމެ ބޮޑު ތާއީދެއް އޮންނަ ރާހުލް ގާނދީގެ ކޮއްކޯފުޅު ޕްރިޔަންކާ ގާނދީ ވަދުރާ ވަނީ އިއްޔެގެ ވަގުތެއްގައި މިހިނގާލުމާ މަދިޔަޕްރަދޭސް އިން ގުޅެފައެވެ. އިންޑިޔާގެ އެކި އެކި ސްޓޭޓްތަކުގެ އެކި އެކި މައިދާން ތަކުގައި މި ހިނގާލުމުގައި އެއްވުންތަކާއި ޖަލްސާތައް ދަނީ ބާއްވަމުންނެވެ. އަދި މި ހިނގާލުމުގައި ނިކަމެތި ރައްޔިތުންނާއި ބައްދަލުކޮށް ހާލު އަހުވާލު ބަލާ ޝަކުވާތައް ދަނީ އަޑު އަހަމުންނެވެ.

އިންޑިޔާގެ ކޮންގްރެސްޕާޓީ އަކީ އިންޑިޔާ މިނިވަން ވީފަހުން އެންމެ ގިނަ ދުވަހު ވެރިކަން ކުރަމުން ދިޔަ ޕާޓީ އެވެ.  އިންޑިޔާގައި 2014 ގައި ބޭއްވި ޖެނެރަލް އެލެކްޝަން ވެގެންދިޔައީ އިންޑިއަން ނެޝަނަލް ކޮންގްރެސްއަށް ޖެހެމުން ދިޔަ  ކާމިޔާބުގެ ވައި އެއްކޮށް ބަދަލު ކޮއްލި އިންތިހާބަކަށެވެ. 2014 ގެ ޖެނެރަލް އެލެކްޝަން ގައި ކޮންގްރެސް ޕާޓީ އަށް ލިބުނީ އެންމެ 44 ގޮޑިއެވެ. އަދި އެ އިންތިހާބު ބޮޑު ތަނުން ކާމިޔާބުކުރީ ބީޖޭޕީ ޕާޓީންނެވެ. ބީޖޭޕީގެ ލީޑަރަކަށް މިހާރުގެ އިންޑިޔާގެ ޕްރައިމިނިސްޓަރ ނަރެންދުރަ މޮދީ އިންތިހާބުކޮށް ޕްރިމިނިސްޓަރަކަށް ވެވަޑައިގެންނެވި ފަހުން ކޮންގްރެސް ޕާޓީއަށް އިންޑިޔާގެ ސްޓޭޓް ތަކުގައި ކުރަމުން ދިޔަ ތާއީދު ދިޔައީ ދުވަހެއް ދުވަހަކަށް ގެއްލެމުންނެވެ. އަދި އިންތިހާބު ތަކުގެ ނަތީޖާ ތަކުން ދުވަހެއް ދުވަހަކަށް އަންނަނީ ކޮންގްރެސް ޕާޓީ ބަލިވަމުންނެވެ.

ރާހުލް ގާނދީގެ ބާރަތު ޔާތުރާ ގެ ސަބަބުން އެ ޕާޓީއަށް ކުރިން އޮތް ތާއީދު ހޯދޭނެތޯ އެއީ މިހާރު އުފެދޭ ސުވާލެކެވެ. ރާހުލްގެ ޕޮޕިއުލަރިޓީ ކުޑަވެގެން ދިޔުމުން ޕާޓީގެ ލީޑަޝިޕުން ވަކިވުމަށް ވެސް ވަރަށް ގިނަ ފަހަރު ރާހުލް ވަނީ މަސައްކަތްކޮއްފައެވެ. ރާހުލްގެ ލީޑަރޝިޕް އާއި ދެކޮޅަށް އެ ޕާޓީގެ ބައެއް އިސްލީޑަރުން ޕްރޮޓެސްޓްކޮއްފައި ވެސް އެބަހުއްޓެވެ. އަދި ޕާޓީގައި ނަގާކިޔާ ލީޑަޝިޕްގެ ބައެއް ވެރިން ވެސް ޕާޓީ ދޫކޮށްގޮސްފައި ވެސް އެބަހުއްޓެވެ. ރާހުލްއަށް ޕާޓީ ތެރެއިންނާއި ޕާޓީ ބޭރުން ތަފާތު ފިއްތުންތައް ކުރިމަތިވި ނަމަވެސް " ބާރަތު ޔާތުރާ" ފުރިހަމަ ކުރާނެ ކަމަށް ހަބަރުތައް ބުނެއެވެ.

މަދިޔަޕްރަދޭސްގެ އިންތިހާބު އަންނަ އަހަރު ބޭއްވުމަށް ތާވަލުގައި ވާއިރު ރާހުލްގެ ބާރަތު ޔާތުރާ ގެ ސަބަބުން ބީޖޭޕީގެ މައްޗައް މަދިޔަޕްރަދޭސްގައި ކުރިހޯދޭނެ ކަމަށް ނޫސްތަކުން ބުނެއެވެ. ޝެޑިއުލުގައިވާ ގޮތުން މަދިޔަޕްރަދޭސް ދޫކޮށް ރާޖަސްތާނަށް ޑިސެމްބަރ 4 ގައި ފޯރާނެކަމަށް ބެލެއެވެ. މަދިޔަޕްރަދޭސްގެ މަލްވާ ނިމާރު ރީޖަން 380 ކިލޯމީޓަރުގެ ކަވަރު ކުރުމަށް 12 ވަރަކަށް ދުވަސް ނަގާނެއެވެ.