ޖިއްދާގައި ފެންބޮޑުވެ ދެމީހަކު މަރުވެއްޖެ

ޖިއްދާގައި ފެންބޮޑުވެ ދެމީހަކު މަރުވެއްޖެ

ސައޫދީ އަރަބިއްޔާގެ ހުޅަނގަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން ވެރިރަށް ޖިއްދާގެ މަގުތަކުގައި ފެން ބޮޑުވެ ދެމީހަކު މަރުވެއްޖެއެވެ. ކޮންމެހެން ނިކުންނަން ޖެހިގެން ނޫނީ މަގުމައްޗަށް ނިކުމެ ނޫޅުމަށް ވެސް ސަރުކާރުން ވަނީ އިލްތިމާސް ކޮށްފައެވެ. ފްލައިޓްތައް ޑިލޭވެ ޖިއްދާ އެއަރޕޯޓްގެ ތަރުތީބުގެއްލި ބައެއް ޔުނިވަރސިޓީތަކާއި ސްކޫލްތައް ވެސް ބުރާސްފަތި ދުވަހު ބަންދު ކުރަން ޖެހުނެވެ. މައްކާއާއި ޖިއްދާއާއި މައްކާ ގުޅުވާދޭ މަގުވެސް ވަގުތީގޮތުން ބަންދު ކުރަން ޖެހުނެވެ. 

ސައޫދީ އަރަބިޔާގެ މޫސުމާބެހޭ ގައުމީ އިދާރައިން ބުނިގޮތުގައި ބުރާސްފަތި ދުވަހު 179 މިލިމީޓަރއަށް ޖިއްދާއަށް ވާރޭ ވެހުނުކަމަށް ރެކޯޑް ކުރެވިފައި ވެއެވެ. މިހާތަނަށް މިހާވަރަށް ޖިއްދާއަށް ވާރޭ ވެހުނު ކަމުގެ ރެކޯޑެއް ނެތްކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

ބޯވާރޭގައި ތަވާފުގެ އަޅުކަން ހަރަމްފުޅު ތެރޭގައި ކުރަމުން ދިޔަކަމަށް ރިޕޯޓް ލިބެއެވެ.

މައްކާގެ މިނިސިޕަލް ހިދުމަތުގައި ވިއްސާރަ މޫސުމަށް 11800 ފީލްޑްވޯކަރުންނާއި ފެންހިންދުމަށް ބޭނުންވާ އުޅަދާއި ވަސީލަތްތައް ތައްޔާރަށް އޮވެއެވެ. އޭގެތެރޭގައި 194000ގެ 52 ފެންތާނގީ ފެން ހިއްކުމަށް ބޭނުން ކުރެއެވެ.