ހީރަސް ރެސިޕީ: ބަރަބޯ މަސްހުނި

މިއަދުގެ ހީރަސް ރެސެޕީ މިހާއްސަކޮށްލަނީ ބަރަބޯ މަސްހުންޏަށެވެ. ކޮންމެ ދުވަހަކު ރޯދަވީއްލުމަށް ނުވަތަ ސައިބޯގަޑިއަށް ފަތް މަސްހުނި މޮޑުމުގެ ބަދަލުގައި ރަހަތަފާތު ކޮށްލުމަށް ބަރަބޯ މަސްހުންޏަކީ އެއްވަނައިގެ ކާނާއެކެވެ. ބަރަބޯ މަސްހުންޏާއި ރޮއްޓަކީ އަނގަޔަށް މީރު ކެއުމެކެވެ.
ބަރަބޯ މަސްހުނި ހަދަން ބޭނުންވާނެ ތަކެތި:
- 1 ފިޔާ
- 3 ހިކަނދި ފަތް
- 1/4 ލުންބޯ
- 1/6 ގިތެޔޮ މިރުސް
- 1/4 ސަމްސާ ލޮނު
- 1/2 ޖޯޑު ކާށި ހުނި
- 1 މަސްދަޅު
- 1 ޖޯޑު ފެނު ކެއްކި ބަރަބޯ(ފެނާ ނުލާ)
ތައްޔާރު ކުރާނެ ގޮތް:
- ތުނި ތުނިކޮށް ފިޔާ ކޮށާލާ
- ހިމުންވާ ވަރަށް ކުދި ކުދިކޮށް ހިކަނދި ފަތްތައް ކޮށާލާ
- ހެޔޮވަރުގެ މޮޑޭލެވޭ ފަދަ ތައްޓަކަށް ފިޔާތައް އަޅާލާ
- ފިޔާތަކުގެ ތެރެއަށް ލުނބޯ ހުތްފިތާލާ
- ފިޔާތަކަށް ލޮނުއަޅާ ފިޔާތަކުގެ ދިޔަ ނިކުންނަ ވަރަށް ރަނގަޅަށް މޮޑެލާ
- މަޑު މަޑުން ހުންޏާއި ހިކަންދި ފަތް ފިޔާތަކު ތެރެއަށް އަޅާ މޮޑެލާ
- މަސްދަޅުން ތެޔޮކޮޅު ވަކި ކުރުމަށް ފަހު ހުނިތަކު ތެރެއަށް އަޅާ މޮޑެލާާ
- އެންމެ ފަހުން ފެނު ކެއްކި ބަރަބޯތައް މަސްހުނިގަނޑު ތެރެއަށް އަޅާ މޮޑެލާ