ޝާހިދަކީ ޓެސްޓްކުރަން ނުޖެހޭ އިތުބަާރު ޕްރޮޑަކްޓެއް

ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ ތަޖުރިބާކާރު އެންމެ ފާހަގަ ކޮށްލެވޭ މަދު މީހުންގެ ތެރެއިން އެއް ބޭފުޅަކަށް އަބްދުއްލާ ޝާހިދު ވާނެއެވެ. އިލްމާ ހުނަރާ ސިޔާސީ ކުފޫހަމަ ކަމުގައި ޝާހިދާ ފައިހަމަ ކޮށްލެވޭނެ މީހުން މަދުވާނެއެވެ.
އޮނަރަބަލް ޝާހިދަކީ އެންމެ ޒުވާން އުމުރުއްސުރެ ގައުމީ ހިދުމަތުގައި ވަރުބަލި ކަމެއްނެތި ދެމިހުންނެވި ފަހުލަވާނެކެވެ. ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައިވެސް ޝާހިދަކީ އޭގެ އެންމެ އުސްކުންނަށް ވާސިލުވެ ވަޑައިގެން ސިޔާސީ ދަންމަރެކެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމު ފުރުއްވީ ތިންބާރު ވަކިވުމުގެ ޅަފަތުގައި ފިސާރި ސާބިތުކަމާއި ހިކުމަތްތެރި ކަމާއެކުގައެވެ.
ރާއްޖެއަކީ ތިންބާރު ވަކިވެފައިވާ ޑިމޮކްރެޓިކް ވެއްޓަކަށް ހެއްދެވުމުގައި އިސް ދައުރެއް އަދާކުރެއްވުމަށް ފަހު އެމްޑީޕީއާއި ގުޅިވަޑައިގެން އަމިއްލަފުޅު ތަޖުރިބާއާއި ފަންނުވެރިކަން އެމްޑީޕީއަށް ހުސްކޮށް ލެއްވިއެވެ. ފަސްޖެހިވަޑައިގަންނެވި ކޮންމެ ދަނޑިވަޅެއްގައި ފަހަތަށް ޖެހިވަޑައިގަތަސް އެމްޑީޕީގެ ހައްގުގައި ކުރައްވަން ޖެހިވަޑައިގެން ކޮންމެ ކަމެއް ކުރެއްވީ ލޯތްބާއި އެކުގައެވެ.
ބައިނަލްއަގުވާމީ މައިދާނުގައި ދެ ފަހަރެއްގެ މަތީން ރާއްޖެ ތަމްސީލު ކުރެއްވުމުގެ އެންމެ އިސްދައުރު އަދާކުރެއްވީ ދުނިޔެއަށް ނަމޫނާ ދައްކަވަމުންނެވެ. ރާއްޖެ ހައިބަތާ ޝަރަފު ބަވަނަވެތި ދުނިޔޭގައި ދެއްކެވުމުގައި އެހެން އެއްވެސް ދިވެއްސަކަށް ހާސިލްނުވާ އިއްޒަތާ ގަދަރު ޝާހިދު ހޯއްދެވިއެވެ. އދ މަޖިލީހުގެ ރައީސް ކަމުގެ ޝަރަފުވެރި މަގާމު ހޯއްދަވާ މުޅި ދުނިޔެއަށް ރާއްޖޭގެ ގަދަރު އުފުލާލަ ދެއްވިއެވެ.
ދައުލަތް ހިންގުމުގައި އިސް ސަފުން ޖާގަ ލިބިވަޑައިގަތް ކޮންމެ ދަޑިވަޅެއްގެ ބޭނުން ހިއްޕެވީ ރައްޔިތުންގެ ހެވާއި ލާބައަށް ހިދުމަތް ކުރެއްވުމަށެވެ. ނިޝާން އިއްޒުއްދީގެ އިއްޒަތް އެންމެ ފުރަތަމަ ލިބިވަޑައިގެން ބޭފުޅުންގެ ތެރޭގައި ޝާހިދު ހިމެނިވަޑައިގަތީ ގައުމީ ހިދުމަތުގައި ޝާހިދުގެ މަސައްކަތްޕުޅުގެ މަތިވެރި ކަމުންނެވެ
ރާއްޖޭގެ ފޮރިން ސާރވިސްގެ އެންމެ އިސް މަސްއޫލިއްޔަތު އުފުއްލެވުމުގައި އެންމެ ފަހުން ހޭދަކުރެއްވި ފަސް އަހަރު ނިންމާލެއްވީ ރާއްޖޭގެ އޮޑިޓަރ ޖެނެރަލްގެ ފަރާތްޕުޅުން އޭ ސްޓަރ ހޯއްދަވައިގެންނެވެ.
އޮނަރަބަލް ޝާހިދު ވަނީ އެމްޑީޕީގެ ލޯތްބާއި އިހުތިރާމް ހޯއްދަވާފައެވެ. އެމްޑިޕީގެ ރައީސް އަބްދުއްލާ ޝާހިދަކީ މިހާރު އެމްޑީޕީގެ އެއް ތަނބެވެ. އެބޭފުޅެއްގެ ނަން އިވުމުން އެމްޑީޕީ ސިފަވާ، އެމްޑީޕީއޭ ބުނުމުން އެބޭފުލަކު ސިފަވާ މަދު ބޭފުޅުންގެ ތެރޭގައި ޝާހިދު ހިމެނިވަޑައިގަނެއެވެ.