އެލިޒަބަތު ކޯލްޓަންގެ ހިފެހެއްޓުމެއްނެތް ޝުކުރު ޝާހިދަށް

ޔޫ.އެން.އައި.ޓީ.އޭ.އާރުގެ " ދި އާޓް އޮފް ސްޕީޗްރައިޓިންގ" ކޯހުގައި އޮނަރަބަލް ޝާހިދު ދެއްވި ފާހަގަކޮށްލެވޭ ޕްރެޒެންޓޭޝަނަށްޓަކައި ގަދައަޑުން އަތްތިލަބަޑި ޖައްސަވާ ވަރަށް ބޮޑަށް އޮނަރަބަލް ޝާހިދަށް ޝުކުރު ދަންނަވާ ކަމަށް އެލިޒަބަތު ލިޒް ކޯލްޓަން ވިދާޅުވެއްޖެއެވެ. ޔޫ.އެން.އައި.ޓީ.އޭ.އާރުގެ ޑިޕްލޮމަސީ ކޯސް ހިންގަވަނީ އެލިޒަބަތު ލިޒް ކޯލްޓަންއެވެ.
އެލިޒަބަތް (ލިޒް) ކޯލްޓަން އަކީ އަންހެނުންގެ މައްސަލަތަކާއި، އިންސާނީ ޙައްޤުތަކުގެ މައްސަލަތަކާއި، ފަންނުވެރިކަމާއި، ޑިމޮކްރަސީ އަދި ސިޔާސީ ކެމްޕޭންތަކަށް ވަރަށް ޝައުޤުވެރިކަމާއެކު މަސައްކަތްކުރައްވާ ވަކާލާތުކުރައްވާ އަދި ހިލޭސާބަހަށް އެހީތެރިވެވަޑައިގަންނަވާ ބޭފުޅެކެވެ.
ރާއްޖޭގެ ސިޔާސީ ދާއިރާއަށް ފަރިތަ ބައިނަލްއަގްވާމީ ގޮތުން ފާހަގަކޮށްލެވޭ ކުރީގެ ނޫސްވވެރިއެކެވެ. ލިޔުންތެރިއެކެވެ. ވާހަކަ ދެއްކުންތެރިއެކެވެ. ޑިޕްލޮމެޓެކެވެ. އޭނާއަކީ އިންޓަރނޭޝަނަލް މިއުޒިއަމް އޮފް ވިމެން (އައި.އެމް.އޯ.ޑަބްލިއު) ގެ ބިންގާ އަޅުއްވައި، އެންމެ ފުރަތަމަ ރައީސްކަން ކުރެއްވި ފަރާތެވެ.
ޔޫ.އެން.އައި.ޓީ.އޭ.އާރުގެ ޑިޕްލޮމަސީ ކޯހުގައި ޑިޕްލޮމެޓުންނަށް ވުމުގެ ހިތުލޯބީގައި މަސައްކަތްކުރާ ފަރާތްތަކާއެކު ބައިވެރިވެ މަސައްކަތްކުރއްވުމުގެ ފުރުޞަތު ލިބިވަޑައިގަތުމުން އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު އެލިޒެބަތު (ލިޒް) ކޯލްޓަންއަށް ޝުކުރު އަދާކުރަވައެވެ.
އދގެ ޖެނެރަލް އެސެމްބްލީގެ ރައީސްކަމުގައި އޮންރަބަލް ޝާހިދު ހޭދަކުރެއްވި ދުވަސްތަކުން ލިބިވަޑައިގެން ތަޖުރިބާތައް ބައިވެރިންނަށް ހިއްސާކުރެއްވިއެވެ. ޑިޕްލޮމަސީގެ ދާއިރާގައި އަންނަމުންދާ ބަދަލުތަކުގެ މައްޗަށާއި ބައިނަލްއަގުވާމީ އެއްބާރުލުން ބިނާކުރުމުގައި ވާހަކަދެއްކުމުގެ ބާރުގެ މައްޗަށް ޔޫ.އެން.އައި.ޓީ.އޭ.އާރުގެ ޑިޕްލޮމަސީ ކޯހުގައި ޝާހިދު ބައްލަވާލެއްވިއެވެ.
ޔޫ.އެން.އައި.ޓީ.އޭ.އާރުގެ ޑިޕްލޮމަސީ ކޯހުގެ ބައިވެރިންނާ މުހާތަބުކުރުމަށް ދަޢުވަތު ދެއްވި ކަމަށްޓަކައާއި މި މުހިންމު މަޝްވަރާތައް ކުރިއަށް ގެންދެވި ކަމަށްޓަކައި ލިޒް ކޯލްޓަންއަށް ޝުކުރު ދަންނަވާކަމަށް އޮނަރަބަލް ޝާހިދު ވިދާޅުވެއެވެ.