ގިނަ އަދަދެއްގެ ބޮޑުމަސް މަރުވެއްޖެ

ގިނަ އަދަދެއްގެ ބޮޑުމަސް މަރުވެއްޖެ

ހުޅަނގު އޮސްޓްރޭލިއާގެ ގޮނޑުދޮށަށް ބޮޑު މަހުގެ ބާވަތެއް ކަމަށްވާ ޕައިލެޓް ވޭލް ގެ 50 އަށް ވުރެ ގިނަ މަސް ލައްގައިފިއެވެ.   

މި ތަކެތި ފުރަތަމަ ފެނުނީ  ޗެއިންސް ބީޗާ 100 މީޓަރު ދުރުން ކަނޑުގެ އައްސޭރިފަށުން އަންގާރަ ދުވަހުއެވެ.  މަންޒަރު ދުށް މީހުން ބުނާ ގޮތުގައި މި މަންޒަރަކީ އާދަޔާ ހިލާފު މަންޒަރެއް ކަމަށްވެއެވެ.

ބޮޑުމަސްތައް ފަޅުތެރޭގައި އަމިއްލައަށް ލައްގަން ފެށުމުން، ޖަނަވާރުތަކުގެ އިދާރާތަކުން ވަނީ އެ މަސްތައް ސަލާމަތް ކުރުމުގެ  މަސައްކަތް ފަށާފައެވެ.

 އަންގާރަ ދުވަހުގެ ރޭ ގިނަ އަދަދެއްގެ ބޮޑުމަސް މަރުވެފައިވާއިރު، ކަމާބެހޭ ފަރާތްތަކުން ވަނީ ދިރިތިބި ބޮޑުމަސްތައް ބުދަ ދުވަހު ކަނޑަށް އަނބުރާ ގެންދިއުމަށް މަސައްކަތް ވަނީ ކޮށްފައެވެ. 

2022 ވަނަ އަހަރު ޓެސްމެނިއާގެ އައްސޭރީގައި 230 ވޭލް އަމިއްލައަށް ގޮނޑުދޮށަށް ވެފައިވާއިރު، 2018 ވަނަ އަހަރު ހުޅަނގު އޮސްޓްރޭލިއާގައި 150 ވޭލް ތާށިވެފައިވެއެވެ.