ފިތުރުއީދު ބަންދަށް ފަހު ރާޝިދު ހަނދުގައި ޖައްސާނެ
ރަޝީދު ހަނދު ވަށާ ދަތުރު ކުރަމުން ދަނީ 2300 ކިލޯމީޓަރަށް ވުރެ އުސްމިނުން އޯބިޓެއްގަ
މިފަހަރު ފިތުރު އީދުގެ އެންމެ ބޮޑު ހަދިޔާ ލިބިގެން މިދަނީ ޔޫއޭއީއަށެވެ. ފިތުރު އީދުގެ 4 ދުވަހުގެ ޗުއްޓީއަށް ފަހު އެގައުމުންވަނީ އެގައުމުން ހަނދަށް ފޮނުވި ރޯވަރު ހަނދުގަ ޖައްސަން ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަވެ އެކަން ކުރަން ތައްޔާރުވެއްޖެ ކަންއިއުލާން ކޮއްފައެވެ. އޭޕްރީލް 25 ވާ އަންގާރަ ދުވަހަކީ ހަކުޓޯ-އާރް މިޝަން 1 ލޫނާ ލޭންޑަރ - ރާޝިދު ރޯވަރު ހަނދުގެ ބިމަށް ގެންދިއުމަށް ހަމަޖެހިފައިވާ ތާރީހެވެ.
ޖަޕާނުގައި ހުންނަ އައިސްޕޭސް އިން އިއުލާން ކުރި ގޮތުގައި ޖައްސާނެ ކަމަށް ލަފާކުރެވެނީ ހަވީރު 4:40 (ޔޫޓީސީ) ގައި ކަމަށާއި އެއީ ޔޫއޭއީ ގަޑިން ރޭގަނޑު 8:40 ހާއިރު ކަމަށެވެ. އެއީ ރާއްޖެ ގަޑިން ރޭނގަޑު 9:40 ހާއިރެވެ. 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 12 ވަނަ ދުވަހުން ފެށިގެން މިޝަން 1 ގެ ލޭންޑަރު ހަނދުގެ ވަށައިގެން ދަތުރު ކުރަމުން ދަނީ 100 ކިލޯމީޓަރާއި 2300 ކިލޯމީޓަރާއި ދެމެދުގެ އުސްމިނެއްގައި އެލިޕްޓިކަލް އޯބިޓެއްގައެވެ.
އޮޕަރޭޝަނަލް ސްޓޭޓަސްއަށް ބަލާއިރު ރޯވާ ލޭންޑް ކުރުމަށް ވަނީ 3 ސައިޓްއެއް ހަމަޖެހިފައެވެ. އަދި ހަމައެއާއެކު މި ލޭންޑުކުރާ 3 ސައިޓުގެ ސަބަބުން ލޭންޑިން ތާރީހަށް ވެސް ބަދަލު އައުން އެކަށީވެގެންވެއެވެ. މި ތާރީހު ތަކަކީ އޭޕްރީލް 26އާއި މެއި 1 އާއި މެއި 3 އެވެ.
ރަޝީދު ރޯވަރަކީ ދުބާއީގެ ކުރީގެ ވެރިޔާ އަލްމަރުޙޫމް ޝައިޚް ރާޝިދު ބިން ސަޢީދު އަލް މަކްތޫމްގެ ނަމުގައި ނަން ދީފައިވާ ރޯވަރެކެވެ. ޔޫއޭއީގައި އުފައްދާފައިވާ މި ރޯވަރަކީ އަރަބި ޤައުމަކުން އުފެއްދި ފުރަތަމަ ހަނދުގެ ޖައްވީ އުޅަނދެވެ.
މި ތަސްވީރަކީ ހަނދާއި ގާތްގަނޑަކަށް 2000 ކިލޯމީޓަރުގެ އުސްމިނުން ނަގާފައިވާ ތަސްވީރެކެވެ. މި ތަސްވީރުގައި ފެންނަނީ ހަނދުގެ އިރުމަތީ ރިމް، އަދި ކްރެޓަރސް ޕެޓާވިއަސް، ވެންޑެލިނަސް، އަދި ލެންގްރެނަސް ކަމަށް އައިސްޕޭސް އިން ބުނެއެވެ.