މުއިއްޒަށް އައްޗިވެގެން އުޅެނީ ގެސްޓްހައުސް ވިޔަފާރި

މުއިއްޒަށް އައްޗިވެގެން އުޅެނީ ގެސްޓްހައުސް ވިޔަފާރި

މިހުރަ މަރުދޮޅިއެއް ދޮތައެވެ. އައްޗިކޮށް އުޅެނީ ރަށްރަށަށް އަންނަ ގެސްޓުންނެއް ނޫނެވެ. އައްޗިކޮށް އުޅެނީ މުއިއްޒާއި މުއިއްޒުގެ އައުވާނުންނެވެ.

ތިޔައުޅެނިއްޔަކީ ކުޑަކުއްޖަކަށް ކަމެއް އައްޗިވެގެނެއް ނޫނެވެ. ތިޔަ އުޅެނީ ގެސްޓްހައުސް ވިޔަފާރިކޮށްގެން ބަޔަކު އާމްދަނީ ހޯދާތީ އެކަން ހަޖަމު ނުވެގެންނެވެ. 

ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި އެންމެ ރަނގަޅު އެއް ރަށަށް އަރާހުރެ ތިޔަ ދިން މެސެޖަކީ ގެސްޓްހައުސް ވިޔަފާރިތައް ހުއްޓުވަން އުޅޭކަމުގެ މެސެޖެވެ. ދުރާލާ ރާވައިގެން ދައްކަން އައި ވާހަކައެއް ދެއްކުމުގެ ސަބަބަކަށް އުކުޅަހު ކުޑަކުދިން ތަކެއް ނުހެދިޔަސް އެވާހަކަ ދެއްކުނީހެވެ. 

ގެސްޓް ހައުސްތަކަށް އަންނަ ފަތުރުވެރިން އެތަންތަނަށް އައިސް އުޅެނީ އިޖުތިމާއީ މިންގަޑިތަކާ އެއްގޮތަށެވެ. ގިނަ ރަށްރަށުގައި ގެސްޓް ބީޗްތަކާއި އާންމު ބީޗްތައް ވަކިން އޮންނަކަން ނޭނގޭވަރަށް ވެރިމީހާ ގަމާރުވީމާ އުޅެވޭލެއް ލައްކަ އައްޗިވާނެއެވެ. 

ސަފާރީތަކަށް ގެސްޓުން ގެންގޮސްގެން އެމީހުނަށް ރާވިއްކުމަކީ ގާނޫނު ހުއްދަ ކުރާކަމެކެވެ. ރާވިއްކުން މަނަލީ މީހުންދިރިއުޅޭ ރަށްރަށުގައެވެ. ރާގަންނަން ލިބެން ހުރިތަނަކޮށް ގޮސް ގަނެގެން އެތަނެއްގާ ތިބެ ރާ ބުއިމަކީ ގައިރު މުސްލިމުންނަށް ރާއްޖޭގައި މަނާކަމެއް  ނޫނެވެ. 

ރިސޯޓްތަކާއި ސަފާރިތަކުގައި ރާ ގެންގުޅުމާ ވިއްކުމާއި އެތަނެއްގައި ތިބެ ރާ ބުއިމަކީ ގައިރު މުސްލިމުންނަށް ރާއްޖޭގައި މަނާކަމެއް ނޫނެވެ. އެކަށް މަނާކަމަކަށް ނުވާއިރު ގެސްޓް ހައުސްތަކަށް އަންނަ ގެސްޓުން ރަށުގެ އިހުތިސާސުން ބޭރުގައި އޮންނަ ސަފާރީއަކަށް ގޮސް ރާބުއިން ގެސްޓްހައުސް ވިޔަފާރީގައި ހަރާންވެފައި ރިސޯޓްތަކާއި ސަފާރިތަކަށް ހުއްދަވެ، ލިބޭ ފައިސާ ހަލާލު ވާގޮތެއް މުއިއްޒު ބުނެބަލާށެވެ. 

މުއިއްޒަށް ވެގެން ތިޔައުޅޭ ގޮތަކީ އާއްމު މީހާ ފުދުންތެރިވުން ހަޖަމް ނުވަނީއެވެ. މަސްވެރިކަން ފުޑާލާ ކުދި ވިޔަފާރިތައް ފުޑާލާ ފާމަސީތަކާއި ކްލިނިކްތައް ފުޑާލާ ގެސްޓް ހައުސް ވިޔަފާރިވެސް ފުޑާލަންވީއެވެ.

މުއިއްޒަށް އައްޗިވެގެން ތިޔަ އުޅެނީ އާންމު މީހާ ފުދުންތެރިވުމެވެ. ފާޅުގައި މުއިއްޒު މިހާރު އެ ދިމާކުރީ ރަށްރަށުގެ ގެސްޓްހައުސް ވިޔަފާރިތައް ހުއްޓުވުމަށެވެ.