ހަނގުރާމަ ހުއްޓާލިޔަސް ސޫދާނުގައި އާ ބިރުވެރިކަމެއް

މިސައިލެއްގެ ސަބަބުން މަންސޫރާ އަވަށްށުގައި ދިރިއުޅޭ 3 އާއިލާއެއްގެ ކުދިން މަރުވެއްޖެ

ހަނގުރާމަ ހުއްޓާލިޔަސް ސޫދާނުގައި އާ ބިރުވެރިކަމެއް

ފިތުރު އީދުގެ ދުވަސްތަކަކީ ކޮންމެ މުސްލިމެގެ ހިތަކަށް ވެސް ހިތްހަމަޖެހުމާ އުފާ ލިބިގެންދާ ދުވަސް ތަކެކެވެ. ނަމަވެން ސޫދާނުގަ އުޅޭ ރައްޔިތުންނަށް  މިދުވަސްތައް މިވަނީ ވަރަށް ވެސް ނާމާން ބިރުވެރި ދުވަސް ތަކަކަށް ވެފައެވެ. ފިތުރު އީދުގެ ދެވަނަ ދުވަހު ސޫދާނުގެ ރައްޔިތުންނަށް މިވަނީ ބޮމުގެ ހަމަލާތަކާ ކުރިމަތިލާން ޖެހިފައެވެ. ސޫދާންގެ  އޮމްދުރުމާން ސިޓީގެ މަންސޫރާ އަވަށުގައި ރޮކެޓުން ދުއްވާ ބޮމް (ދާނާ) ވެއްޓި 6 މީހުން ވަނީ މަރުވެފައިއެވެ.

އެ ތަން ލޮލުން ދުށް މީހުން ބުނެފައިވާ ގޮތުންނަމަ "ދާނާ" މިސައިލް ޖެއްސީ ހޮނިހިރު ދުވަހުގެ ހެނދުނު ގާތްގަނޑަކަށް 8:30 ހާއިރު އޮމްދުރުމާން ސިޓީގެ އަލް މަންސޫރާ ސަރަހައްދުގެ "އަލް ބްރެޒިލް" މައިދާން ކައިރިއަށް ކަމަށާއި އަދި މި ހަމަލާގެ ސަބަބުން 6 މީހުން މަރުވެފައިވާކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ އެއް އާއިލާއަކަށް ނިސްބައިވާ 3 ބެއިންނާ އެއްބަޑު އެއްބަފާ 2 ބެއިންގެ އިތުރުން 6 ވަނަ މީހެކެވެ. މި ބިރުވެރި ހާދިސާގައި އެކިފަރާތް ތަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، އޭގެ ތެރެއިން ބައެއް މީހުންނަށް ވަނީ ވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.

މި ބިރުވެރި ހާދިސާ ހިނގާފައިވަނީ ފިތުރު އީދު 3 ދުވަހު ސިފައިންނާއި ރެޕިޑް ސަޕޯޓް ފޯސަސް އިން ވަގުތީ ގޮތުން ލޭއޮހޮރުވާލާ ހަނގުރާމަތައް ހުއްޓުވުމަށް ވަޢުދުވެފައިވާ ދަޑިވަޅެއްގައެވެ.