ނަތީޖާ ހިތިވާނެ! ޒިންމާ އުފުލަން ޖެހޭނީ އިޒްރޭލުން: އުރުދުން
އަގްސާ މިސްކިތް ބޭނުން ކުރަނީ ޓެރަރިސްޓުން ފިލާތިބެން: އިޒްރޭލް
މި ރަމަޒާން މަހުވެސް ޔަހޫދީން މަސްޖިދުލް އަގްސާއަށް ވަދެ ނަމާދަށް ތިބޭ މީހުންގެ ގައިގާ ތަޅާ އަނިޔާ ކުރާން އަނެއްކާވެސް ވަނީ ފަށާފައެވެ. މި ފަހަރު ޔަހޫދީން އަގްސާ މިސްކިތައް ޔަހޫންދީން ވަދެ މުސްލިމުންނަށް އަނިޔާ ކުރަން ފެށީ މިދިޔަ އަންގާރަ ދުވަހުން ފެށިގެންނެވެ.
އަގްސާ މިސްކިތް ބޭނުން ކުރަނީ ހަމާސް އާއި އެހެން ޓެރަރިސްޓް އޯގަނައިޒޭޝަނަށް ނިސްބަތްވާ މީހުން ފިލާތިބެން ކަމަށާއި އެއީ ނުރައްކާތެރި ހައްދު ފަހަނައަޅާފައި ތިބި ބައެއް ކަމަށް ބުނެ އިޒުރޭލު ސަރުކާރުން އެކަން ދިފާއުކޮށް ވަނީ ބަޔާނެއް ވެސް ނެރެފިއެވެ. އަގްސާ މިސްކިތުގައި ތިބި ހައްދުފަހަނަ އެޅި ޖަމާއަތްތަކުގެ މީހުން ބޭރު ކުރުމަށް އުރުދުންގެ ވަގްފް ގާޑަށް އެ ބަޔާނުގައި ގޮވަލާފައިވެއެވެ.
ވަގްފް ގާޑަކީ، އަގްސޯ މިސްކިތުގެ ހޯލު ނުވަތަ ގޯތިތެރެ ބެލެހެއްޓުމަށް އުރުދުންގެ ސަރުކާރުން އައްޔަން ކޮށްފައި އޮންނަ ޖަމާއަތެވެ.
ޔަހޫދީންގެ އެ އަމަލު ތަކުގެ ސަބަބުން މަގު ހުޅުވެނީ ހަމަނުޖެހުމަށް ކަމަށާއި އެފަދަ ހަމަނުޖެހުން ތަކުގެ އަގު އެންމެން ދައްކަން ޖެހޭ ކަމަށް ބުނެ އުރުދުނުން ވެސް ވަނީ ރައްދުގައި ބަޔާނެއް ނެރެފިއެވެ. އަގްސާ މިސްކިތް ސާފު ކުރުމުގެ ބޭނުމުގައި އެ މިސްކިތުގައި ނަމާދަށް ތިބޭ މީހުންނަށް ދެން ޖެއްސުންކޮށް ހަދައިފި ނަމަ ނަތީޖާ ހިތިވާނެ ކަމަށާއި ޒިންމާ އުފުލަން ޖެހޭނީ އިޒްރޭލުން ކަމަށް އުރުދުނުންގެ ބަޔާނުގައި އިންޒާރު ދީފައިވެއެވެ.
މަސްޖިދުލް އަގްސާގައި އަޅުކަމުގައި ތިބި މީހުން ދަނީ އިޒްރޭލާ ދެކޮޅަށް ހަމަނުޖެހުން އުފައްދަން ރާވަމުންކަމަށް އިޒްރޭލުން ބުނެއެވެ. އެކަމުގައި ބައިވެރި ވުމަށް ބުދަ ދުވަހު ވެސް ގިނަ އަދަދެއްގެ ޒުވާނުން މިސްކިތަށް ވަދެ ދޮރޮތައް ތަޅުލި ކަމަށް ވެސް އިޒްރޭލުން ބުނެއެވެ.
ސިލްސިލާކޮށް ކޮންމެ އަހަރެއްގެ ރޯދަމަހު ޔަހޫދީން ހިންގާ މި ޖަރީމާއަކީ މުސްލިމުން ނިކަމެތިކޮށް މުސްލިމުންގެ މުގައްދަސް އެއް މިސްކިތުގެ ހުރުމަތް ކަނޑާލުމަށް ހިންގާ ޖަރީމާއެއް ކަމަށް ދުނިޔޭގެ ހުރިހާ މުސްލިމުންވެސް ދެކެއެވެ.