މަގުމަތިން ދިޔަ އަންހެން ކުއްޖަކު އަނިޔާވެރި ގޮތަކަށް މަރާލައިފި

މަގުމަތިން ދިޔަ އަންހެން ކުއްޖަކު އަނިޔާވެރި ގޮތަކަށް މަރާލައިފި

އިންޑިއާގެ ސަހަރެއްގައި މަގުމަތިން ދިޔަ އަންހެން ކުއްޖަކު އަނިޔާވެރި ގޮތަކަށް މަރާލައިފިއެވެ. ފުލުހުން މައުލޫމާދު ދޭގޮތުން މިހާދިސާ ހިގައިފައި ވަނި އާދީއްތަ ދުވަހުއެވެ.

މަރާލި އަންހެން ކުއްޖާ މަރާލާފައި ވަނީ އޭނާގެ ރައްޓެއްސެއްގެ ދަރިފުޅުގެ އުފަންދުވަހުގެ ޕާޓީގައި ބައިވެރިވާން ދަނި ކޮށް ކަމަށްވެއެވެ. ސީސީޓީވީ ފޫޓޭޖްތަކުން ފެންނަ ގޮތުގައި އެމީހާ ތަކުރާރުކޮށް އަންހެން ކުއްޖާގެ ގަޔަށް ވަޅި ހަރައި ބޮޑު ހިލައަކުން ބޮލުގައި ޖަހައިފައިވެއެވެ.

ފުލުހުން ބުނި ގޮތުގައި ދައުވާ ލިބޭ މީހާއަށް ކިޔަނީ ސާހިލްއެވެ. އޭނާ މިހާރު ވަނީ އުއްތަރަ ޕްރަދޭޝްގެ ބުލަންޑްޝާހް ޑިސްޓްރިކްޓް ކައިރިން ހައްޔަރު ކޮއްފައިއެވެ. މި މައްސަލައާއި ބެހޭ ގޮތުން މި ވަގުތަށް އެއްވެސް އެއްޗެއް އިތުރަށް ހިއްސާ ކުރެވެން ނެއް ވާހަކަ ވެސް ފުލުހުން ބުނެފައިވެއެވެ.

މި މަރުގެ ސީސީޓީވީ ފޫޓޭޖްތައް ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ހިއްސާކޮށްފައެވެ. މި ވީޑިއޯއިން ފެންނަ ގޮތުގައި އެ ގަޑީގަ ހަމަލާ ބަލާލަން އެތާގައި މަޑުކޮއްގެން  އެތައްބަޔަކު ތިބިތަނާއި އަދި އެތައް ބަޔަކު ހިގާފައި އެ ހިސާބުން ދާތަން ވެސް ފެނެއެވެ.

މިއީ އިންޑިއާގައި ހިނގި މިފަދަ ފުރަތަމަ ބިރުވެރި ހާދިސާއެއް ނޫނެވެ. ދެރައީ އެހީތެރިވާން މީހަކު ނައުމެވެ.