ތިން ރޭލެއް ޖެހި 280 އަށް ވުރެ ގިނަ މީހުން މަރުވުން

ތިން ރޭލެއް ޖެހި 280 އަށް ވުރެ ގިނަ މީހުން މަރުވުން

އިންޑިއާގެ އިރުމަތީ އޮޑިޝާ ސްޓޭޓުގައި 3 ރޭލެއް ޖެހި ހިގި އެކްސިޑެންޓުގައި 288 މީހުން މަރުވެ 1،000 މީހުން ޒަހަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.

މި ހާދިސާ ހިގައި ދިޔަގޮތަކީ ޝާލިމާ-ޗެންނާއީ ކޮރޮމަންޑެލް އެކްސްޕްރެސްގެ ބައެއް ގާޑިޔާތައް ބަލަސޯރު ޑިސްޓްރިކްޓްގެ ރޭލު މަތިން ފުރޮޅާލައިގެން ގޮސް ސްޓޭޝަނަރީ މުދާ ރޭލެއްގައި ޖެހި، އޭގެ ބައެއް ބައިތަށް އިދިކޮޅު ޓްރެކަށް ގޮސް ޔެސްވަންތްޕޫރުން ހައުރާއަށް ދަތުރުކުރި ހައުރާ ސުޕަރ ފާސްޓް އެކްސްޕްރެސް  ފުނޑުފުނޑުވެފައިވާ ރޭލުގެ ބައިތަކުގައި ޖެހުމެވެ.

މިއީ އިންޑިއާގެ ރޭލްވޭގެ ތާރީހުގައި ވެސް އެންމެ ގިނަ މީހުން މަރުވި ތިން ވަނަ އެކްސިޑެންޓްއެވެ. ސްޓޭޓްގެ ޗީފް ސެކްރެޓަރީ ވިދާޅުވީ 200 އަށް ވުރެ ގިނަ އެމްބިއުލާންސް އާއި އެތައް ސަތޭކަ ޑޮކްޓަރުންނާއި ނަރުހުންނާއި ރެސްކިއު ޕާސަނަލްސް އެތަނަށް ފޮނުވާފައިވާ ކަމަށެވެ.

ތާށިވެފައި ތިބި މީހުންނާއި އަދި ޒަހަމްވި ހުރިހާ ފަސިންޖަރުން މިހާރު ވަނީ ސަލާމަތްކޮށްފައިއެވެ. 

އަވަށްޓެރި ރަށްރަށުގެ ރައްޔިތުން އެންމެ ފުރަތަމަ އެކްސިޑެންޓް ހިނގި ތަނަށް ގޮސް ސަލާމަތީ މަސައްކަތް ފެށި މީހުންގެ ތެރޭގައި ހިމެނެއެވެ.

އިންޑިއާ ރޭލުނެޓްވޯކްއަކީ ދުވާލަކު އެތައް މިލިއަން ފަސިންޖަރުންނެއް ބޭނުންކުރާ ރޭލު ނެޓްވޯކް އޮތް ދުނިޔޭގެ އެންމެ ބޮޑު އެއް ނެޓްވޯކުއެވެ.