MH370 ހޯދުމުގެ މަސައްކަތް އަނެއްކާވެސް މެދުކެނޑިއްޖެ

MH370 ހޯދުމުގެ މަސައްކަތް އަނެއްކާވެސް މެދުކެނޑިއްޖެ

މެލޭޝިއަން އެއާލައިންސްގެ ފްލައިޓް MH370 ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދަމުން ދާއިރު މިހާތަނަށް މާބޮޑު ހޯދުންތަކެއް ފެނިފައެއް ނުވެއެވެ.

މިފްލައިޓް ހޯދުމުގެ މަސައްކަތުގެ ދަށުން ދެކުނު އިންޑިއާ ކަނޑުގައި މިހާތަނަށް ގާތްގަނޑަކަށް 7,236 އަކަކިލޯމީޓަރުގެ ސަރަހައްދެއް ބަލާފައިވީ ނަމަވެސް، އެ ފްލައިޓާ ގުޅުންހުރި އެއްވެސް މުހިންމު ހެއްކެއް އަދި ފެނިފައެއް ނުވެއެވެ.

ކަނޑުއަޑީގައި ދުއްވާ އޮޓޮމެޓިކް އުޅަނދުތައް ބޭނުންކޮށްގެން ކުރިއަށްގެންދާ މި އޮޕަރޭޝަން، ޖެނުއަރީ 6 އިން 14 އަށް ވަރަށް އޮމާންކަމާއެކު ކުރިއަށްދިޔަ ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން މިހާރު ވަނީ މަސައްކަތްތައް މެދުކަނޑާލާފައެވެ. ކަނޑައެޅިފައިވާ ސަރަހައްދުގައި މި މަސައްކަތްތައް ނިޒާމީ ގޮތެއްގައި ކުރިއަށްދާއިރު، މި އޮޕަރޭޝަންގެ ކުރިއެރުން ބިނާވެފައިވަނީ މޫސުމީ ހާލަތުގެ މައްޗަށެވެ.

މި ހޯދުންތައް އަލުން ފަށާފައިވަނީ މެލޭޝިއާ ސަރުކާރުން 'އޯޝަން އިންފިނިޓީ' ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކުރުމާ ގުޅިގެންނެވެ. ޖުމްލަ 239 މީހުންނާއެކު ދަތުރުކުރި MH370 ފްލައިޓް ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ.