މޭޔަރ އާޒިމް ފުލުހުންނަށް: މުއައްސަސާގެ އަގު ވައްޓާނުލާ!

މޭޔަރ އާޒިމް ފުލުހުންނަށް: މުއައްސަސާގެ އަގު ވައްޓާނުލާ!

ފުލުހުންގެ އިތުބާރު ގެއްލި ތަފާތު ތުހުމަތުތައް ކުރެވެމުން ދަނިކޮށް ފުލުހުންނަކީ ސިޔާސީމީހުން ހިމާޔަތް ކުރާބަޔަކަށް ނުވުމަށް މާލޭ ސިޓީގެ މޭޔަރު އޮނަރަބަލް އާދަމް އާޒިމް ގޮވާލައްވާފިއެވެ. ފުލުހުންގެ މުއައްސަސާގެ އަގު ފުލުހުން ވާޓާނުލުމަށް މާލޭ މޭޔަރ އިލްތިމާސް ކުރެއްވީ ސޯޝަލް މީޑިއާގައި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައެވެ. 

މޭޔަރު އާޒިމް ފުލުހުންގެ ކިބައިން އެދިވަޑައިގަތީ ރައްޔިތުންނަށް ޝައްކު ނުއުފެދޭ ވަރަށް ތެދު މައުލޫމާތު ފޯރުކޮށްދިނުމަށެވެ. އާޒިމް ވިދާޅުވި ގޮތުގައި އިންސާފަކީ "ވަކިމީހަކަށް ހޯދާ ދޭންޖެހޭ އެއްޗެއްކަމަށް ގަބޫލްކުރާކުރުން ދޫކޮށްލާ އެންމެނަށް ހަމަހަމަ އިންސާފް ހޯދަދޭން ގަދައަޅާ މަސައްކަތް ކުރައްވާ" ށެވެ. 

ފުލުހުންގެ މުއައްސަސާއާއި މެދު ރައްޔިތުންގެ އިތުބާރު މިހާރުވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ. މިމަހުގެ 18 ވަނަ ދުވަހު 21 އަހަރުގެ ޒުވާން އަންހެން ކުއްޖާ ހައްވާ ޔުމްނާ (ޔުމްނު) ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮތް މައްސަލައާއި ގުޅިގެން ފުލުހުންގެ ތަހުގީގާމެދު ކުރެވޭ ޝައްކުތައް ބޮޑުވެ މާލޭގައި ސިލްސިލާކޮށް އިހުތިޖާޖްތައް ވަނީފެށިފައެވެ. މާލޭގެ މަގުތައް ހަލަބޮލިވެ މާލެ ތެރެ ނާމާން ތަނަކަށް ވުމަކީ ރައްކާތެރި އަމާން މާލެއެއް ހޯއްދަވާދެއްވުމަށް މަސައްކަތް ކުރައްވާ މާލޭ މޭޔަރުގެ ކަންބޮޑުވެ ވަޑައިގަތުމެކެވެ. 

މާލެސިޓީގެ އަމާންކަމާއި ރައްކާތެރިކަމާއި ގުޅިފައިވާ ފުލުހުންގެ މުއައްސަސާއަކީ ރައްކާތެރި ކަމާއި އަމާންކަން މާލެސިޓީގައި ގާއިމު ކޮށްދޭނެ ކަމަށް ރައްޔިތުން އިތުބާރުކުރާ ބަޔަކަށް ހެދުމަށް ސިޓީ ކައުންސިލުން ދެއްވެން އޮތް ހުރިހާ އެއްބާރުލުމެއް ފުލުހުންނަށް ދެއްވުމަށް މާލޭ މޭޔަރު ހުންނެވީ ތައްޔާރަށެވެ.

ޔުމްނުގެ ހާދިސާގައި ފުލުހުންނަށް ކުރާ އިތުބާރު ގެއްލި ރައްޔިތުންގެ ޑިމާންޑްތައް ބޮޑުވެ ސަރުކާރު ކުޑަކަކުލަށް ތިރިވެ ޔުމްނު ވެއްޓު މައްސަލަ ތަހުގީގު ކުރުމަށް ހާއްސަ ރިޔާސީ ކޮމިޝަނެއް ރައީސް މިހާރު ވަނީ އުފައްދަވާފައެވެ.