މުއިއްޒުގެ ފިނޑިއަމަލުގައި މަޖިލިސް ބައިވެރިނުވާން ގޮވާލައިފި

މުއިއްޒުގެ ފިނޑިއަމަލުގައި މަޖިލިސް ބައިވެރިނުވާން ގޮވާލައިފި

ރާއްޖޭގެ ޖުޑީޝަރީ އިސްލާހު ކުރުމަށް މިހާތަނަށް އެޅުނު އެންމެ ހަރުދަނާ ފިޔަވަޅަކީ 2019 އަދި 2020 ވަނަ އަހަރު ސުޕްރީމް ކޯޓުގެ ބެންޗަށް ގެނެވުނު ބަދަލުކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔަޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. 

އޮނަރަބަލް އުސްތާޒު ފައްޔާޒު އިސްމާއީލް ވިދާޅުވާ ގޮތުގައި ފަނޑިޔާރުންގެ އަދަދު މަދުކުރަން ކުރާ މަސައްކަތަކީ މުޅި ޖުޑީޝަރީގެ މިނިވަންކަމަށް ދޭ ހަމަލާއެކެވެ. މުއިއްޒު ސަރުކާރުގެ ފިނޑި އަދި ހުތުރު އަމަލުގައި ބައިވެރި ނުވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަރިހުން އުސްތަޒު ފައްޔަޒު އެދިވަޑައިގަންނަވައެވެ.

ސްޕްރީމް ކޯޓުގެ ބެންޗް ކުޑަކުރުމާ ދެކޮޅަށް އިހުތިޖާޖު ކުރުމަށް މުޅި ޝަރުއީ ދާއިރާއަށް ތެދުވުމަށް އެމްޑީޕީގެ ޗެއަރޕާސަން ގޮވާލައްވައެވެ. ސްޕްރީމް ކޯޓުގެ ބެންޗު ސަރުކާރުން ބޭނުންވެގެން ކުޑަކުރުމަކީ ޑިމޮކްރަސީ އާއި ޖުޑީޝަރީގެ މިނިވަންކަމުގައި ގައުމެއްގެ ގޮތުގައި ފަހަތަށް އެޅޭ ބޮޑު ފިޔަވަޅެއްކަމަށް އެމަނިކުފާނު ވިދާޅުވެއެވެ.

ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުމާ އެކު އެ ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައި، ފިޔަވަޅު އަޅައި، ވަކިކުރާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު މިހާރު އެ މަސައްކަތް ކުރައްވަނީ ފަނޑިޔާރުން މަދު ކުރުމަށް ކަމަށް ފައްޔަޒު އިސްމާއިލް ތުހުމަތު ކުރެއްވިއެވެ.

މުއިއްޒު ސަރުކާރުގެ އަމަލުތައް ހުރީ ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނެގުމާ ހަމައަށް ކަންކަން ގެންދިޔުމަށް ކަމަށްވެސް އެމްޑީޕީގެ ޗެއަރޕާސަން ވިދާޅުވެއެވެ.