ޓައިވާނަކީ ގައުމެއް: ބާސްކެޓްބޯޅަ ތަރި ޑްވައިޓް ހަވާޑް

ވާހަކަ ދެއްކުމުގެ ހައްގު ވެސް އެބައޮތް: ހަވާޑް

ޓައިވާނަކީ ގައުމެއް: ބާސްކެޓްބޯޅަ ތަރި ޑްވައިޓް ހަވާޑް

ބާސްކެޓްބޯޅަ ތަރި ޑްވައިޓް ހަވާޑް ވީޑިއޯއެއްގައި ޓައިވާނަކީ "ގައުމެއް" ކަމަށް ބުނުމުން ޗައިނާއިން ވަރުގަދަ ފާޑުކިޔުން ތަކެއް އޭނާއަށް އަމާޒުވެއްޖެއެވެ.

އުމުރުން 37 އަހަރުގެ ހަވާޑް މިހެން ބުނީ ޓައިވާންގެ ނައިބު ރައީސް ވިލިއަމް ލައި ޗިންގްޓޭއާ އެކު ޓައިވާންގެ ރިޔާސީ އޮފީހުގައި އެއް ރޭ ހޭދަކުރުމުގެ ފުރުސަތު ލިބޭ މުބާރާތެއް ޕްރޮމޯޓް ކުރުމަށް ގޮސްހުރެއެވެ.

އަށް ފަހަރު އެންބީއޭ އޯލްސްޓާ ހޯދި ކުޅުންތެރިޔާ ބުނެފައި ވަނީ ޓައިވާނަށް އައި ފަހުން ޓައިވާނަކީ ގައުމެއްގެ ބަލައިގަންނަން މުޅިން އާ ހިއްވަރެއް ލިބިއްޖެކަމަށެވެ. ހަވާޑް މިހެން ބުނުމާއި އެކު ޗައިނާގެ މަޝްހޫރު މައިކްރޯބްލޮގިން ސައިޓް ވެއިބޯގެ ފާޑުކިޔުން ތައް އޭނާޔަށް ކުރިމަތިކުރިއެވެ. ހުކުރު ދުވަހު ޓައިވާންގައި ބޭއްވި އާންމުންގެ ހަރަކާތެއްގައި ވާހަކަ ދައްކަމުން ހަވާޑް ވަނީ އޭނާއަށް ބުނެވުނު ވާހަކަ އޮޅިގެން ނުބައިކޮށް މާނަ ކުރެނީކަމަށް ބުނެފައެވެ.

އެއްވެސް ފަރާތަކަށް ގެއްލުމެއް ދިނުމަކީ އޭނާގެ ނިޔަތް ނޫންކަމަށާއި އެއްވެސް ސިޔާސީ ކަމެއްގެ ތެރެއަށް ވަންނަން ބޭނުން ނުވާކަމަށް އޭނާ ބުނެއެވެ. އެހެން ނަމަވެސް އޭނާއަކީ އިންސާނެއްކަމަށާއި ވާހަކަ ދެއްކުމުގެ ހައްގު ވެސް އެބައޮތްކަމަށް އޭނާ ބުންޏެވެ.

ބެއިޖިން އިން ޓައިވާން ދެކެނީ ގަވާއިދާ ހިލާފަށް ވަކިވެންއުޅޭ ޗައިނާގެ ޕްރޮވިންސެއްގެ ބައެއްގެ ގޮތުގައިއެވެ.