މުއިއްޒުގެ ފުރައްސާރަ ޔާމީނަށް!

މެޑަމް ފާތުންގެ މޫނުފުޅު ނުފެންނަ ކެމްޕޭނަކީ ރައީސް ޔާމީނާ ބެހޭ ކަމެއްނޫން

މުއިއްޒުގެ  ފުރައްސާރަ  ޔާމީނަށް!

އަދި މިއުޅެނީ ހޮވޭމިންވަރާ ގާތް ނުވެއެވެ. ކެންޕޭނު ފޯރީގައި ޣާފިލްވެފައި ތިއްބާ ޕީއެންސީ ކެންޑިޑޭޓް މުއިއްޒުގެ ހޫނު ފުރައްސާރައެއް ޕީޕީއެމްގެ ރައީސް ރައީސް ޔާމީނާ ދިމާއަށް ފޮނުވާލައިފިއެވެ.

މީޑިއާގައި މުއިއްޒު ވިދާޅުވީ އޭނާގެ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާ ނުކުރާ ވާހަކައެވެ. އެހެން ވިއްޔާ އެގޮތަށް އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކުރީ ކާކުތޯ ބަލާލިއިރު އަސްތާ ކަމަކުދާކަށް ނެތެވެ. ފުރައްސާރައިގެ މިހަމަލާ މުއިއްޒު ފޮނުވާލާފައި ވަނީ ރައީސް ޔާމީނަށް އަމާޒު ކޮށެވެ. ވާދަވެރި އެމްޑީޕީން ރައީސް ޔާމީނާ އަމާޒު ކުރާ އެންމެ ވަރުގަދަ ހަމަލާއަކީ އެކައުންޓަށް ފައިސާ ޖަމާ ކުރެއްވި ވާހަކައެވެ. އެންމެ ފަހުން ޑރ. މުއިއްޒު ވެސް އެ މަލާމާތް ރައީސް ޔާމީނަށް ރައްދުކުރީއެވެ. 

ހިންގާ ކެމްޕޭނުގައި ރައީސް ޔާމީނުގެ ކުލައެއް ވަހެއް ނެތެވެ. ޖަލުގަ އޮންނަވައިގެން ރައީސް ޔާމީނު ވިދާޅުވިއޭ ކިޔައިގެން ހަދަނީ ދޮގުކަމަށް ތުހުމަތު ކުރެވޭހާ ވަރުވެއްޖެއެވެ. ޕީޕީއެމްގައި ތިބި ރައީސް ޔާމީނުގެ ވަފާތެރިންގެ ހިތް އަތުލަން ބޮޑެތި ބިލްބޯޑު ތަކުގައި ރައީސް ޔާމީނުގެ ފޮޓޯފުޅު ބޭނުންކުރުން ނޫނީ ރައީސް ޔާމީންގެ ވަސްވެސް ކެންޕެއިނުގައި ނެތެވެ.

ކެމްޕޭން ހަރަކާތް ތަކުގައި ޕީޕީއެމް އޮފީސް ހުރީ ހަރަކާތެއް ނެތިފައެވެ. އާބަޔަކު ލައިގެން އުޑި އަނބުރަނީ ބޭހަށް ފައިބާ މީހުން މީހުން އަތުން ބޮޑު އަގު ނެގ  ދިމްޔާތުގައެވެ. 

ރައީސް ޔާމީންގެ ދަރިކަލުން ހުންނެވީ ހަނެވެ. މުއިއްޒަށްވުރެ ރައީސް ޔާމީނަށް ދެންވެސް ހެޔޮގޮތެއް ވާނީ ރައީސް އިބޫ ހޮވިގެންކަން ކަމަނާ ގަބޫލު ކުރައްވަނީ ކަމަށް ފެނެއެވެ.

މެޑަމް ފާތުންގެ މޫނުފުޅު ނުފެންނަ ކެމްޕޭނަކީ ކިތަންމެ ވަރަކަށް ޕީޕީއެމްގެ ކުލަ އެރުވިޔަސް ރައީސް ޔާމީނާ ބެހޭ ކަމެއް ނޫންކަން ވިސްނާލީމާ އެނގެއެވެ.