އިންތި އަދިވެސް ދާންވީ ޓީވީ ޗެނަލަކަށް!
އެކުއުޅޭ ވާދަވެރިންނާ ދިމާކޮށް އިންސާނީ ގަދަރާއި ހުރުމަތް ކެނޑުން
އެތައް ދުވަހެން ވަންދެން އެމްޑީޕީގެ ސްޕޯކްސްމަންގެ އިތުރުން މަޖިލީހުގައި އިނުމާއި ނަމުގެ ކުރިޔަށް އުސްތާޒެއް އޮންނާތީވެ ހީކުރީ ކަންކަމުގައި ކޮންމެވެސް ވަރެއްގެ ކެއްތެރި ކަމެއްވެސް ހުންނާނެ ކަމަށެވެ. ހަޖަމުގެބައި ވެސް ހަމަބުއްދިހުރި އިންސާނެއްގެ ކިބައިގައި ހުންނަންވީ ވަރަށް ހުންނާނެ ކަމަށެވެ. އެއްވެސް އިންތިހާބަކުން ތިމާ ބަލިވެއްޖެއްޔާ ހަތަރުދަމު އުކުނޑި ކޮއްޓައި ބޭރަށް ހިންގައި ފާހާނާ ތަށިމަތިން ނުތެދުވެވޭ ވަރުގެ އުރަތްޕެއް ނެތް ސޮހޮލަކަށް ވާނެކަމަކަށް ހިޔެއް ނުކުރަމެވެ. އެކަމަކުވާ މިޔޮށްވީ ގޮތެކެވެ. އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ކުރިމަތިލައި ބޮޑު ތަނުން ބަލިވީމާ ތިއުޅުއްވާ އައްޗިފާޑުން އެހެން މީހުންގެ ބޮލަށްވެސް އުނދަގޫވާން ފަށައިފިއެވެ. ވާނީވެސް އެހެންތާއެވެ. ޅޮސް އުނދޯލީގައި ބައިންދައިގެން އަވާމެންދުރު ދައްކައިގެން އުޅުނު މީހުން ދެއްކީ މާ ޗާލު ނަލަ މަންޒަރެއް ވިއްޔާއެވެ. އެކުއުޅޭ ވާދަވެރިންނާ ދިމާކޮށް އިންސާނީ ގަދަރާއި ހުރުމަތް ކަނޑާ ދުލައް އައިހާ އެއްޗެއް ގޮވިއިރު ބައްލަވާ އެ މަނިކުފާނު އިންނެވީ އަތްތިލަބަޑިޖައްސަވައި ހިނިވަޑުވާށެވެ. ދުނިޔެ ރަންބުއްދިވެފައެވެ. އޭގެސަބަބުން އެއްކަލަ ރުހިތިބި ކުދީންކޮޅާ ވެސް ވިއްޔަކީ އަމަށަކު ފޫއްސެއް ނޫނެވެ. އެކަމަކު ދެރައީ މާގާތްކަމަށް ދައްކައިގެން ގާތުގައި އެ އުޅުނު ބަޔަކު ވަކި މީހަކަށް ހަސަދަޔެއް ފިލުވާލަން ވެގެން ތިމާއަކީ ކަތިލާން ގެންގުޅު ކަންބަޅި ބަކަށްޓެއްކަން ވިސްނޭވަރުގެ ސިކުނޑިއެއް ތިމާގެ ނެތީތީއެވެ. އެންމެފަހުން އެންމެން ކުރިމަތީގައި އޮރިޔާންކޮށް ވާނެ އެއްޗެއް ވީމާ އަދިވެސް ތިޔަ ރުޅި ބާލަނީ އެހެން މީހުންނަށެވެ. ވީކިހިނެއް ކަމާމެދު ފިކުރު ހިންގައި ބަލާންނޫޅެ އަދިވެސް ތިޔަ ހިނގެނީ ހަމަ އެއްކަލަ ބައިގަނޑާ އެކުގައެވެ.
ކުރިޔަށް އޮތް މަޖިލީހުގެ އިންތިހާބުގައި ތިޔަ ގޮނޑި ނުލިބިއޖިއްޔާ ކޮއެފުޅަށް ވެދާނެ ގޮތަކާމެދު ސަހަރޯވެރި ވާތީވެ ހެޔޮއެދިގެން ބުނެލަމެވެ. އަވަހަށް ކޮންމެވެސް ޓީވީޗެނަލަކުން ޖާގައެއް ހޯދައި ތައްޔާރުވާށެވެ. ކުރީން ވެސް ކުރިގޮތައް އެކަން ކުރެވޭތޯ ބަލައި އަވަހަށް ފަރިތަ ކުރަން ފަށާށެވެ. އެހެންނޫނީ 2024 ގައި ގޭދޮށު ކުދީންކޮޅު ނޫނެކޭ ބުނެފިއްޔާ އުސްތާޒަށް ޖެހުނު ތިޔަ ބަލި ބޮޑުވެ އެންމެ ފަހުން ގުރައިދޫގައި ބަހައްޓާން ޖެހިއްޖެއްޔާ މާދެރަވާނެއެވެ!
= ފއމ=