ވައްޑެއަށް: ތެޅުނު ވަރަކަށް ހުޅުބުގޮސް ފާޅުވާނީ އަސްލު ސޫރަ!

ސިޔާސީ މަގާމް ތަކުގައި ތިބޭ މީހުން ސަރުކާރު ބަދުނާމު ކުރުމެކޭ އަނބިމިހާ ބަރަހަނާކޮށް މަގަށް ނެރުމެކޭ ތަފާތެއް ނެތް

ވައްޑެއަށް: ތެޅުނު ވަރަކަށް ހުޅުބުގޮސް ފާޅުވާނީ އަސްލު ސޫރަ!

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ލިބުމަކީ ރައީސުލްޖުމްހޫރިއްޔާ ކަންލިބުން ކަމަށް އުނގޫފާރު ދައިރާގެ މެންބަރަށް ހީވީ ހެއްޔެވެ. ގާނޫނު އަސާސީގެ 115 މާއްދާއަކީ ވައްޑެ ބޭނުންވާ ގޮތަކަށް މާނަކޮށް ބޭނުންވާ ގޮތަކަށް ކަންކަން ކުރަން އޮތް މާއްދާ އެއް ނޫނެވެ. އެ މައްދާގައި ބުނާ އެއްޗެއް ވައްޑެއަށް ނޭނގުމަކީ ނުވަތަ އެނގިހުރެ ގަސްދުގައި އޮޅުވާލުމަކީ ވައްޑެގެ ދެއުޅިއެއް ނުވާކަމެވެ. ނުވަތަ ނުބައި ނުލަފާ ކަމެވެ.

ގާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ވަޒީރުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާގެ ވާޖިބު އަދާކުރުމަށް ބޭނުންވާ މަގާމުތަކަށް މީހުން އައްޔަނުކޮށް ވަކިކުރަން ބާރު ދީފައި އޮތީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ވައްޑެއަކަށް ސަހިންދާއަކަށް އަންނިއަކަށް ނޫނެވެ. ދައުލަތުގެ ސިޔާސަތު ކަނޑައަޅާ އެ ސިޔާސަތު ތަންފީޒް ކުރަން މީހުން އައްޔަނުކޮށް ވަކިކުރަން ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ބާރު ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ވައްޑެއަކަށް ސަހިންދާއަކަށް އައްނިއަކަށް ނޫނެވެ.

ރައީސުލްޖުމްހޫރިއްޔައަކީ ދިވެހިރައްޖޭގެ ރައީސުލްޖުމްހޫރިއްޔާއެވެ. ވަކިބައެއްގެ ރައީސެއް ނޫނެވެ. ވަކި މީހަކު ބުނާ ގޮތެއް ހަދައިގެން އުޅެންޖެހޭ ގޮނޑިކޮއްކޮއެއް ވެސް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީ ލިބިދީފައި އޮތް ހައްގެއް އިލެކްޝަން ކަމިޝަނާއި ހިއުމަންރައިޓްސް ކަމިޝަނަށް ލިބިގެން ނުވާކަން ޝަހިންދާއަށް ނޭގުމަކީ ހުރި ގަމާރުކަމެވެ. 

ރައީސުލްޖުމްހޫރިއޔާގެ ވާޖިބުއަދާ ކުރަން އިސްކޮށްފައި ތިބޭ މީހުން ރައީސްގެ ސިޔާސަތުތައް ހިންގިޔަނުދީ ފުރައްސާރަކޮށް ޖެއްސުންކޮށް ސަރުކާރު ބަދުނާމު ކުރުމަކީ ބޮޑު ކުށެކެވެ. ހަރާން ކޯރުވުމެވެ. ސިޔާސީ މަގާމް ތަކުގައި ތިބޭ މީހުން އާއްމު ތަންތާ ސަރުކާރު ބަދުނާމު ކުރުމެކޭ ފިރިއަކު އަނބިމިހާ ބަރަހަނާކޮށް މަގަށް ނެރުމެކޭ ތަފާތެއް ނެތެވެ. ސިއްޕެއެއް އަމްރެއް ލޫކަހެއް ކިޔާނެ ކަމެއް ނެތެވެ.

ހަމަތެކެވެ. ކޮއިމަލާއިން ހަމަރޯޅިން އެމްޑީޕީއަށް ފުންމާލައިގެން އުޅޭ ވައްޑެ ކަހަލަ މީހުން ތެޅުނު ވަރަކަށް ހުޅުބުގޮސް ފާޅުވާނީ އަސްލު ސޫރައެވެ. އަމިއްލަ ނަފްސް އަމިއްލައަށް އޮޅި މީހެއްގެ ތެތްފޭލި އުފުލަން އުޅޭ މީހަކަށް އެންމެ ގިނައިން ފެންނާނީ ފޭލިދޮންނި ދާފެންގަނޑެވެ.