ރާއްޖޭގެ ގޯސްވަމުންދާ ހާލަތުގެ މައުލޫމާތު އީޔޫއަށް

އެމްޑީޕީގެ ރަޢީސް އޮނަރަބަލް އަބްދުއްލާ ޝާހިދާއި ޗެއަރޕާސަން އޮނަރަބަލް ފައްޔާޒު އިސްމާއީލާއި އެމްޑީޕީގެ ފޮރިން ރިލޭޝަން ކޮމެޓީގެ މެންބަރުން ވަނީ ރާއްޖެއަށް ޔޫރަޕިއަން ޔުނިއަނުން ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއެކު ބައްދަލުވުމެއް ބާއްވާފައެވެ.
އީޔޫގެ ސަފީރުންނާއެކު އެމްޑިޕީން ބޭއްވި ބައްދަލުވުން އޮތީ ސްރީ ލަންކާގެ ވެރިރަށް ކޮޅުނބުގައި މިއަދު ހެދުނެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގައި ރާއްޖޭގެ ސިޔާސީ މަސްރަހު ގޯސް ވަމުންދާ ގޮތުގެ މައުލޫމާތު ވަރަށް ތަފްސީލްކޮށް އެމްޑީޕީގެ ލީޑަރުން އީޔޫގެ މަންދޫބުންނަށް އެ ބައްދަލުވުމުގައި ވަނީ މިއަދު ދެއްވާފައެވެ.
ރާއްޖޭގެ ޑިމޮކްރަސީގެ ދިފާއުގައި ބައިނަލްއަގުވާމީ އެއްބައިވަންތަކަމަށް އެބައްދަލުވުމުގައި ގޮވާލާފައިވެެއެވެ.
އެމްޑިޕީގެ ރައީސްގެ ހައިސިއްޔަތުން ރާއްޖޭގެ ހާލަތު އީޔޫއާއި ހިއްސާ ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ ލިބިވަޑައިގެން ޝަރަފެއް ކަމަށް އެމްޑިޕީގެ ރައީސް އޮނަރަބަލް އަބުދުއްލާ ޝާހިދު ވިދާޅުވެއެވެ.