ނަޝީދަށް ޖެހޭނީ ތިރިގޮނޑިއަށް ގުޅަޔަކަށް ޖެހެން
މޮކް ރެޓްސް ޖެހޭނީ އަނގަ އޮރިކުރަން ފަތޭރިވަކަރު މަތީ ދުވެދުވެ ތިބެން
ރައްޔިތުންގެ މަޖިލީހަކީ ނަޝީދު ކައްކާ ގަރުދިޔަތެލީން ގަރު ނަގާއުކަން އޮތް ކެނެރީގޭ ބަދިގެ ފުއްޑަނެއް ނޫނެވެ. މަޖިލީހުގެ ކޮމެޓީތަކަކީ ނަޝީދު ބޭނުންހާ ގޮތަކަށް ދިލަޖައްސަން އޮތް ދުމައްޓެއް ވެސް ނޫނެވެ. މަޖިލީހުގެ މެންބަރުންނަކީ ކެރެފާ އޮޑިންބޭ ރާނގޮޑިއެއް ނޫނެވެ. އުސްގޮނޑިއަށް ބަޔަކު މީހުން ވެގެން އެރުވިހެން އެމީހުންނަށް ތިރި ގޮނޑިއަށް ވެސް ބެލޭނެއެވެ. މިއަދަކު ދާއިރާތަކުގެ ރައްޔިތުން ތިބީކީ ނަޝީދު ލައްވާހާ ކޮރަކީ ރީތި ނެށުމެއް ކަމަށް ބަލައިގަންނަ ގޮތަކަށް ނޫނެވެ.
ބަންޑާރަ ނައިބާއި ހާރިޖީ ވަޒީރުގެ އިތުބާރުނެތް ކަމަށް ވޯޓަށް އަހަން ނުކެރިގެން ތިޔަ އުޅެނީ ބަރަހަނާ ވާތަން ފެންނާތީއެވެ. ލަސްކޮށް ފަސްކުރަނީ ބަންޑާރަނައިބު ރިފްއަތާއި ހާރިޖީ ވަޒީރު ޝާހިދުގެ ފުރިހަމަ އިތުބާރު އޮތްކަން އެނގޭތީ އެކަމާ މޭކަރައިގެންނެވެ. އޭގެ ފަހަތުގައި އޮތީ އީވާ ގިއްގެޅޭ ވޯޓުކަން އެނގޭނެތާއެވެ. އެހާ އަވަހަށް އީވާ ގިއްގަޅުވާލުމަކީ ފިސާރި ދަރަހިލޭނެ ކަމެކެވެ.
އެމްޑީޕީގެ ރިޔާސަތު ހިސޯރުކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ހިސޯރުކޮށްގެން ސައްކެޔޮ ގަހަށް މަކުނު އަރާ އިންނަހެން އިނުމުގެ ދުވަސް ހަމަވަމުން ދާތަން ފެންނަންޏާ ކަންކަން އެޖެންޑާއެއް ވެސް ނުކުރެވޭނެއެވެ. ކޮމެޓީތައް އެކުލަވާ ލެވޭ ކަމަކަށް ވެސް ނުވާނެއެވެ. ތިމާގެ ގޮތް ފޮތް ނެތްކަން ކަނު ބީރު މީހާއަށް ވެސް އިހުސާސް ވަންދެން އަމިއްލައަށް ހަސީލަތް ހާމަ ކުރަމުން ތިޔަ ދަނީ ލައިގެން އޮތް ދުލި ދަމައިގަނެވެން ދެނެވެ. ބާކުލިވެސް ފޫޅުގަނޑު ބޭރަށް ނިކުތަ ނުދޭން އުނބު ގަނޑަކަށް ނަމަވެސް ވަދެއޮވެއެވެ. ނަޝީދަށް އެވަރުވެސް ނުވެ އަމިލައަށް ތިމާގެ އަސްލު ސޫރަ އެހުރެގެން ދަނީ ހާމަކޮށް ދެމުންނެވެ.