ރައީސްގެ ވާހަކަ މުއިއްޒު ގެންގުޅޭ ބޮޓުންނަށް ހަޖަމެއްނުވި!

ރައީސްގެ ވާހަކަ މުއިއްޒު ގެންގުޅޭ ބޮޓުންނަށް ހަޖަމެއްނުވި!

ވެރިކަމަށް އަންނަ އުޅުނުއިރު ހާމަނުކޮށްގެން އުޅުނު އެއްބަސްވުތައް ހާމަ ނުކުރެވިގެން އުޅެނީ "ކަން ބޮޑުވާންޖެހޭ ކަންތައްތަކެއް އޭގަ ހުރެގެންނެއް ނޫން" ކަމަށް ރައީސް މުއިއްޒު ވިދާޅުވުމުން މުއިއްޒު މުސާރަދީގެން ސަރުކާރު ޕްރަމޯޓްކުރަން ގެންގުޅޭ އަޅުކުދިންނަށް އެކަން ގަބޫލެއް ނުކުރެވުނެވެ. ރައީސް މުއިއްޒު ދެއްކެވި ވާހަކަވެސް ފަތުރަނީ ޓްވިސްޓް ކޮށްގެންނެވެ.

ކުރީގެ ހާރިޖީ ވަޒީރު އޮނަރަބަލް ޝާހިދު ވިދާޅުވާހެން މިއަދު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނަށް އަކުރުން އަކުރަށް، ފިލިން ފިއްޔަށް އެ ޔަޤީން ކަށަވަރުކޮށްދެއްވީ އެމްޑީޕީ ސަރުކާރުން އަވަށްޓެރި ބޭރު ގައުމުތަކާއެކު ވެފައިވާ އެއްވެސް އެއްބަސްވުމެއްގައި ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންނަށް ގެއްލުންވާނެ އެއްވެސްކަމެއް ކޮށްފައި ނެތްކަމަށެވެ.

ރައީސް މުއިއްޒާ އެމަނިކުފާނުގެ ޕާޓީން މިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް އޮޅުވާލައިގެން ވެރިކަން ހޯދުމަށްޓަކައި މުތުލަގަށް ހެއްދެވީ ބޮޑު ދޮގުކަމަށް އަމިއްލަފުޅަށް އެވިދާޅުވީއެވެ. 

ރައީސް އެހެން ވިދާޅުވުމުން ނޫސްވެރިންގެ ސުވާލުތަކަށް ކެއްނުކުރެއްވިގެން އެއްބަސްވުންތަކަށް ބަދަލުގެނައި ކަމަށް ވިދާޅުވެ އަނެއްކާވެސް ދޮގު ހެއްދެވީއެވެ. ދެނަކާ ދެނެއް ނެތެވެ. ކުރީގެ ސްޕޯކްސް ޕާސަން މުއާޒު އަލީއާއި އިންޑިއާއަށް ފުރައސާރަކުރި ނައިބު ވަޒީރު ޝިއުނާމެނަށްވެސް ރައީސްެ މުއިއްޒުގެ އެވާހަކަ ހަޖަމެއް ނުވިއެވެ. ކުރީގައި ވެވުނު އެއްބަސްވުތަކުގައި ހުރި ކަންބޮޑުވުންތައް މިހާރު ފިލުވާލާފައި ވާކަމަށް ވިދާޅުވި ވިދާޅުވުމެއް ކަމަށް ހަދައިގެން ގޭސް އަނބުރަން ފެށީއެވެ. މުއިއްޒުގެ ވާހަކައިން އެނގިސާފުވީ އެއްބަސްވުންތައް ހާމަކުރަން ވައުދުވެފައިވާތީ އެއްބަސްވުން ހާމަކުރުމަށް އަނެއް ފަރާތުގެ ރުހުން ހޯދަން މަސައްކަތް ކުރާކަމެވެ. ފަހަރެއްގައިވެސް އެއްބަސްވުމެއްގައި ގައުމާ ރައްޔިތުންނަށް ބިރެއް އޮވެގެން އެކަން ހައްލުކުރި ވާހަކައެއް ހައްލުކުރާ ކަމަކަށްވެސް ވާހަކަ ދެއްކެވި އިރު ވިދާޅެއް ނުވެއެވެ.

ހުޝާމަދުކޮށްގެން ބޮޑު މުސާރަ ނެގުމުގެ އެދުންވެރިކަން ބޮޑުކަމުން ރައީސް މުއިއްޒަށް މީހުންގެ ނަފްރަތު އިތުރުވާނެ ގޮތް ގޮތަށް އަމަލުތައް ބެހެއްޓޭ އިރު އެ ބޮޓުންނަކަށް ނޭނގެއެވެ. މުއިއްޒަށް ދޮގު ހަދާދީ ރައީސް މުއިއްޒާމެދު ރައްޔިތުންގެ ހިތުގައި ނަފުރަތު އުފައްދން ނޫންކަމެއް އެމީހުންނުކުރެއެވެ. ޔަގީނުންވެސް އެނގޭކަމަކީ ފިތުނަވެރިން ސަރުކާރުން ފޮޅާ ސާފުކޮށްގެން ނޫނީ މުއިއްޒަށް ރައްޔިތުންގެ ލޯބިލިބޭ ހެޔޮވެރިކަމެއް ނުކުރެއްވޭނެއެވެ.