މުއިއްޒަށް ވޯޓު ގިނަކޮށްދޭ ފާދިރީން

ހޮޅި ހޮއްލުން ނޫންކަމެއް ހޮޅި މުއިއްޒަކަށް ނުކުރެވޭނެ

މުއިއްޒަށް ވޯޓު ގިނަކޮށްދޭ ފާދިރީން

އަޖައިބެއް ކަހަލަ ބުއްދިއެކެވެ. ވޯޓަށް ކުޑަ ދުވަސް ކޮޅަކަށް ވީމާ ސަރުކާރުން ފާދިރީން ގެނެސް އެމްޓީސީސީން ފައްޅި އަޅަން ފެށީމާ އޭގެ ސަބަބުން ގެއްލޭ ވޯޓް ގިނަވާނެކަން ސަރުކާރަށް އެނގޭނެއެވެ.  

ދެން ހަމަ ވޯޓްލާން ހަފްތާ އަކަށްވާ އިރަށް ސަރުކާރުން ފާދިރީން ގެންނާނެ ހެއްޔެވެ؟ ސަރުކާރުން ތިޔަކަހަލަ ސަކަރާތެއް ޖެހިއްޔާ ޖަހާނީ ދޮންކަޅު ވެސް މީހަކަށް އަންގާ ނުލައެވެ. އެހެނެއް ނޫނެވެ. ހަމަ ބުއްދިން ވިސްނީމާ ވާގޮތް އެބަ އެނގެއެވެ. 

ވޯޓާ ވީހާ ކައިރިކޮށްފައި ފާދިރީންނޭ، ފައްޅިތަކޭ ކިޔައިގެން އަރުވާނެ "ގޭސްގަނޑެއް " ރޭވުން އިދިކޮޅަށް ވަރަށް މުހިންމެވެ.  

ޓިކެޓާ ކުޑަ ޑޮލަރު ކޮޅެއް ދިނީމާ ނިތްކުރީގައި ގެރިގުޔާ ހިންދޫރަ އުނގުޅައިގެން އައިސް އިދިކޮޅަށް ޑްރާމާ ޖައްސަދޭނެ ކިތަންމެ ބޮޑުކައްކާ އިންނަކާ އޮޓޯ ޑްރައިވަރުންނެއް އިންޑިއާއިން އިދިކޮޅަށް ލިބޭނެއެވެ.  

ރަނގަޅު ވަގުތުގައި އެޑްރާމާ ކުޅެ އަމިއްލަ މީޑިއާ ތަކުން އެ ފިތުނަ ފެތުރީމާ އެމްޑީޕީއަށް ލިބޭ ވޯޓް މަދު ވާނެއެވެ. އެމްޑީޕީއަށް ވޯޓް މަދުވީމާ މުއިއްޒު ހޮވެން ފުރްޞަތު ބޮޑުވާނެއެވެ.  

ތިޔަ ބުނާ ފާދިރީ ބަޔަކު މިވަގުތު އައިސްގެން އުޅެންޏާ ތިޔަ އުޅެނީ މުއިއްޒު ހޮވޭތޯ އޭނާއަށް ވޯޓް ގިނަ ކޮށްދޭށެވެ. ތިޔައީ ހުސް ހޮޅިއެވެ. ހޮޅި ހޮއްލުން ނޫންކަމެއް ހޮޅި މުއިއްޒަކަށް ނުކުރެވޭނެއެވެ.