މެޑަމް ފާތުން ނިކުތީ ފާރިސަށް ޗެލެންޖަކަށް
މެޑަމް ފާތުން ނިކުންނެވުމަކުން ރައީސް ސޯލިހަށް ގެއްލޭނެ އެއްޗެއް ނެތް
ރައީސް ސޯލިހަށް މުޅި ރާއްޖޭގައި އޮތް ތާއީދު ފެނި ޕީޕީއެމުގެ މޭގަނޑު ބޭރަށް ނިކުމެއްޖެއެވެ. ރާއްޖޭގެ ކަންކޮޅުތަކުގައި ރައީސް ސޯލިހަށް އޮތް ތާއީދު ބޮޑުވެ ހަޖަމް ނުކުރެއްވިގެން ގޭގައި ހިމޭނުން ހުންނެވި މެޑަމް ފާތުންވެސް އެންމެފަހުން ބޭރަށް ނިކުތީއެވެ. މެޑަމް ފާތުން ނިކުންނެވުމަކުން ރައީސް ސޯލިހަށް ގެއްލޭނެ އެއްޗެއް ނެތެއްކަމަކު އެންމެ ބޮޑު ގެއްލުމެއް ވާނީ ފާރިސް މައުމޫނަށެވެ.
މެޑަމް ފާތުން ނިކުންނެވުމަކީ މުއިއްޒަށް ގެއްލެމުންދާ ތާއީދު އިތުރުވާނެ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. ސަންގު ބަހުސަށް ފަހު ރައީސް ޔާމީނުގެ ތާއީދު އޮތީ ފާރިސް މައުމޫނަށް ކަމުގެ އަޑުފެތުރި ޕީޕީއެމްގެ ގިބަޔަކު ފާރިސް މައުމޫނަށް ތާއީދު ކުރަން ފެށުމުން އެކަމަކީ މެޑަމް ފަތުންއަށް ހަޖަމް ކުރެއްވުނު ކަމަކަށް ނުވިއެވެ. ރައީސް މައުމޫނާއި ރައީސް ޔާމީނާ ދެމެދު ނުތަނަވަސްކަން ފެށިގެން އައީވެސް މެޑަމް ފާތުންގެ ސަބަބުންނެވެ. 2013 ގެ ރިޔާސީ އިންތިހާބުގައި މެދަން ފާތުން އޮޕަރޭޓް ކުރެއްވި ޖަގަހަ ވެގެން ގޮސްފައިވަނީ ރައީސް މައުމޫނު ލީޑްކުރެއްވި ޕީޕީއެމް އޮފީހަށްވުރެ ޕީޕީއެމްގައި ބަރުގަދަ ތަނަކަށެވެ.
މެޑަމް ފާތުން ރޭގައި ޑރ. މުއިއްޒުގެ ޖަގަހައަށް ވަޑައިގެން ދެއްވި މެސެޖަކީ ފާރިސް މައުމޫނަކީ ރައީސް ޔާމީނު ތާއީދު ކުރައްވާ ކެންޑިޑޭޓެއް ނޫންކަމެވެ. މެޑަމް ލޯފުޅުން ފާއްދާލި ކަރުނައަކީ ރައީސް ޔާމީނަށް ޕީޕީއެމްގައި އޮތް ތާއީދު ޑރ. މުއިއްޒު އަތުލައްވަމުން ގެންދަވާތީ އެކަމުގެ ހިތާމައިގެ ކަރުނައެވެ. ޕީޕީއެމްގެ ސަޕޯޓަރުންތައް ފެނި ހިތްޕުޅު ދަތިވުމުގެ ކަރުނައެވެ.
މެދަމް ފާތުންގެ ފާޅުވުމުން ޑރ. މުއިއްޒަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބި ވަޑައި ގަންނަވާނެއެވެ. އެހެނެއް ކަމަކު މެޑަމް ފާތުން މުއިއްޒަށް ކެންޕޭން ކުރެއްވުމުގެ ބަދަލުގައި ރައީސް ނަޝީދާއެކު ގޮވާލެއްވީ ރައީސް ޔާމީނު ދޫކޮށްލުމަށެވެ. ޑރ. މުއިއްޒަކަށް ތާއީދު ކުރުމަކަށް ނޫނެވެ.
މެޑަމް ފާތުން ކިތަންމެ ބާރަށް ނިކުންނަވާ ކޮންމެ ސަކަރާތެއް ޖެއްސެވިއަސް ރައީސް ސޯލިހަށް އޮތް ތާއީދަށް ކުޑަވެސް އަސަރެއް ނުކުރާނެއެވެ. ބައިވެ ރޫޅެ ވެރޭނީ ރައީސް ސޯލިހުގެ ވާދަވެރިންގެ މެދުގައި ކޮޅުކޮޅަށް ދުވާ ވޯޓުތަކެވެ. މެޑަމް ފާތުން ނިކުންނެވުމުން ބޯޑުވެގެން ވާނެހާވެސް ކަމަކީ ރައީސް ޔާމީނުގެ ތާއީދު މުއިއްޒަށް އޮތްކަން ދޭހަވުމެވެ. އެކަމުން ރައީސް ސޯލިހު ފިޔަވާ މިފަހަރު ވާދަކުރާ އެހެން ކެންޑިޑޭޓުންގެ ތާއީދަށް ބަދަލުތަކެއް އަތުވެދާނެއެވެ. ހާއްސަކޮށް ފާރިސް މައުމޫނަށް އެކަމުން ފަހަރުގައި ބޮޑު އަސަރެއްކޮށް ފާނެއެވެ. މެޑަމް ފާތުން ނިކުންނެވީ ފާރިސް މައުމޫނަށް ޗެލެންޖަކަށެވެ.