މުއިއްޒުގެ ދެމަފިރިންނަށް މަދީ މަންދިއާއި މާޒުގެ ބަރަހަނާފޮޓޯ!

މުއިއްޒުގެ ދެމަފިރިންނަށް މަދީ މަންދިއާއި މާޒުގެ ބަރަހަނާފޮޓޯ!

ވެރިއެއްގެ ހަޔާތް އަރުއްވައިގަންނާނީ މިހާކަށް ވަރަށެވެ. ތިމާގެ އަމިއްލަ މަސްލަހަތާ ޖެހުމުން އިންސާނީ ކަރާމާތެއް ވެސް ނޯވެއެވެ. ވޭޕް މަނާކުރީ ރައީސް މުއިއްޒުގެ ދަރިއަކު ވޭޕް ބޮއެގެންނޭ ބުނުމުން މުއިއްޒުގެ ދެމަފިރިން ދުނިޔެ ރަންވެގެން ދުއްވައިގަތީ އެވާހަކަ އެހެން ބުނި މީހުން ފަހަތުންނެވެ. 

ވޭޕް ބޮނީ ވަކި ދަރިއެކޭ އެމީހުން ބުނީއެއް ނޫނެވެ. މިސްކިތް ހުޅުޖެހިގެން 18 އަހަރު ނުފުރޭ އަމިއްލަ ދަރީގެ ކަރާމާތް ނަގާލިއްޔާ ނަގާލީ މުއިއްޒުގެ ދެމަފިރިން އަމިއްލައަށެވެ. އެހެން އެކަން އޮއްވާ އާއްމު އެއްވުމެއްގައި މުއިއްޒުގެ ދަރިއަކަށް ނިސްބަތްކޮށް ވޭޕް ބުއިމުގެ ތުހުމަތުކޮށް ވާހަކަ ދެއްކި މީހުން ބަރަހަނާކޮށް ހަށިގަނޑުގެ ބައިތައް ފޮޓޯ ނަގާ ހިސާބަށް ބާރުގެ ބޭނުންކުރުމަކީ މުއިއްޒުގެ ދެމަފިރިންގެ ނުބައި ނުލަފާކަން ހާމަ ކޮށްދޭކަމެކެވެ. 

މަންދި ޒުބައިރާއި މާޒް ސަލީމްގެ މައްޗަށް ތުހުމަތުކޮށްގެން އުޅެނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތެއް ނޫނެވެ. ފުލުހުން މެދުވެރިކޮށް ކޯޓް އަމުރެއް ނެރުވައިގެން މަންދީ ޒުބައިރާއި މާޒް ސަލީމުގެ ބަރަހަނާ ފޮޓޯ ނަގަން އުޅުމަކީ އަނިޔާވެރި ކަމުގެ އިންތިހާއެވެ. މުއިއްޒުގެ ދަރީގެ ކަރާމާތް ނަގާލީ އެމީހުންނެއް ނޫނެވެ. ސާޖިދާއާއި އާޒިމާ ޝުކޫރެވެ. ބަރަހަނާކޮށް ފުލުހުން ފޮޓޯ ނަގަންވީ އެދެމީހުންގެއެވެ. 

ޖިންސީ ގޯނާއެއް ޖިންސީ ފުރައްސާރައެއް ކުޑަކުދިންގެ ކަރާމަތެއް ވަކިނުވާ ބަޔަކަށް ކޯޓްތަކުގެ ގާޒީން ވުމަކީ އިންތިހާ ދަރަޖައިގެ ހިތާމަ ހުރިކަމެކެވެ. ފުލުންނަށާއި ކޯޓުތަކަށް މުއިއްޒުގެ ނުފޫޒު ފޯރުވުން އޮތް މިންވަރު މަންދި ޒުބައިރާއި މާޒް ސަލީމްގެ މައްޗަށް ތުހުމަތުކުރާ އުފެދުމުގައިވެސް ބާތިލު އަސްލެއް ނެތް މައްސަލައިން އެނގިގެން ދެއެވެ. 

ފުލުހުންގެ ތަހުގީގުތަކާއި ކޯޓުތަކުގެ ޝަރީއަތް އެދަރަޖައަށް މުއިއްޒު ވީމާ އަދުލުވެރިކަން މިގައުމުން އަރުއްވައިގެންފިކަން އޮޅުމެއްނެތި އެނގެއެވެ. "އެއްވުމެއްގައި ސާޖިދާގެ ދަރިފުޅު ވޭޕް ބޯން ފެއްޓީމައޭ" ބުނެގެން ކުޑަކުއްޖެއްގެ ކަރާމަތް ނަގާލިކަމަށް ތުހުމަތުކުރެވިގެން ބަލާ މައްސަލައެއްގައި ބަޔަކު ބަރަހަނާކޮށްގެން ފޮޓޯ ނަގާކަށް ނުޖެހޭނެއެވެ. ކަމަކީ ރައީސުލްޖުމްހޫރިއްޔާ ގާނޫނު އަސާސީއާއި ހިލާފަށް ފުލުހުންނާއި ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން އިންސާނީ ހައްގަށް އަރައިގަންނަ ގަތުމަކަށް ނޫނީ ނުވާނެއެވެ. މުއިއްޒުގެ ދެމަފިރިންނަށް މިހާރު މަދީ މަންދީ ޒުބައިރާއި މާޒް ސަލީމްގެ ބަރަހަނާ ފޮޓޯއެވެ.