ޕީއެންސީފަލާގެ ގޮވާލުމަށް ޕީޕީއެމްފަލާގެ ހިޔާނާތްބަލާ ވަޑިފަލާއަށް އަދަބުދީ!
ވެރިކަމުގައި މުއިއްޒު ހުރުމުން ޔާމީނު ގުއިވީ
މީހުން އަންނައުނު ލަނީ އޮރިޔާން ނިވާކުރާށެވެ. އަމިއްލައަށް ބޮލާފޮށާއެޅި ބަރަހަނާ ވާނީ ހޭބުއްދިފިލާ ގޮސްފައި ހުރުމުންނެވެ. އިނގުރައިދޫ ވަޑި ފަލާހު އެ ދަރަޖައަށް ވެއްޓިފައި އެހުރީ ކޮންބާވަތަކު ސަރުބަތެއް ބޮއެގެން ކަން ނޭގުނަސް އެއްޗެއް ބޮވިފައި ހުރިކަން އެނގެއެވެ.
ޔާމީނޭ 500 މިލިއަން ޑޮލަރޭ ވައްކަމޭ ކިޔައިގެން ދަތް ދިލުވަން އެންމެ ތާހިރީ އިނގުރައިދޫ ފަލާހެވެ. ޔާމީނު ގައިގައި ފެންފޮތިލާ ވަޅު ދިޔަހިއްކާ މޭޓާ ބަންދު ކުރަން ގުދަށް އޮތް މީހަކީ ތިމަންނައޭ ބުނި އެހެން މީހަކު ފަލާހު ނޫނީ އަދި ނެތެވެ. ގާތްކަމުން އެއްދާން ކުރީމޭ ނުބުނާ ކަމެވެ. މީހަކާ މެކިގެން މީހަކަށް އުޅެވޭނީ އެހާކަށް ވަރަށެވެ.
ޔާމީނު ކޭއެއްޗެއް ކައިގެން، ބުއި އެއްޗެއް ބޮއެގެން ޔާމީނާއެކު އުޅުނު އެކަކީ ފަލާހުކަން އަމިއްލަ ދުލުން އެތައް ފަހަރަކު އޮތީ ކިޔެފައެވެ. ޔާމީނު ދައުލަތުގެ ފައިސާއިން 500 މިލިޔަން ޑޮލަރު ކާލާފައި އޮތްކަން އެންމެ ރަނގަޅަށް ތިޔަ އެނގެނީ ވެސް ފަލާހަށެވެ. އެ ފައިސާއަށް ވީގޮތެއް ހެދިގޮތެއް ވެސް އެންމެ ރަނަގަޅަށް އެނގޭނީ ވެސް ފަލާހަށެވެ.
ޔާމީނު ކާލިކަމަށް ބުނާ ފައިސާތައް ހޯދޭނެ ގޮތްވެސް އެގޭނީ ފަލާހަށެވެ. އަވަހަށް އެ ފައިސާ ހޯދާފައި ސަރުކާރުގެ ދަރަނިތައް ހަލާސް ކޮށްލަ ދޭށެވެ. ޓެކްސް ނަގައިގެން އާމްދަނީ ހޯދައިގެން ދަރަނި އަދާކުރުމަށްވުރެ އެގޮތް މާ ފަސޭހަވާނެއެވެ.
ބުރާންތި ވިޔަސް ފުކެއް ބޮޑުވަރެވެ. ޔާމީނު ހެދިހާ އެއްޗެއް ހެދިގެން ދިންހާ އެއްޗެއް ކައިގެން އުޅުނު އިރު ތިޔަ އަނގަ ކޮބައިހެއްޔެވެ. އޭރު އެ ވާހަކަ ނުދެއްކީ ކީއްވެހެއްޔެވެ. ހޭވައްޓާލާފައި ރަށުތެރޭގައި އެންމެން ޔާމީނަށް ވަގަށް ގޮވިއިރު ފަލާހު ހުރީ ޔާމީނު ދިފާއު ކުރާށެވެ. އޭރު ފަލާހަށް ޔާމީނަކީ ބޯކިރު ފޮދެއް ފަދަ ސާފު ތޯހިރު މައުސޫމް އިންސާނެކެވެ. އޭރު ފަލާހަށް ގޯސްވީ ޔާމީނަށް ވަގަށް ގޮވި މީހުނެވެ.
އަމިއްލަ އިއުތިރާފުން ފަލާހު ސާބިތު އެ ކޮށްދެނީ ޔާމީނު ދައުލަތުން ވައްކަން ކުރަމުން ދިޔަކަން ފަލާހަށް އެނގޭކަމެވެ. ޔާމީނު ކުރި ވައްކަންތައް ސިއްރުކޮށްދީ އޭގެ ނަފާ ފަލާހު ހޯދިކަމެވެ. ފަލާހަކީ ޔާމީނު ކުރިއްޔާ ކުރި ވައްކަމަކާއި ހިޔާނާތެއްގެ ބައިވެރިއެއް ކަމެވެ.
މިއަދަކު ފަލާހަކަށް ޔާމީނެއް ކަމަކު ނުދެއެވެ. ޔާމީނުވަރުގެ ވަގެއް ހިޔާނާތްތެރިއެއް ކަންނެތް މީހެއް އަނިޔާވެރިއެއް ނެތެވެ. މިއަދު ހުރިހާވެސް މީހަކީ މުއިއްޒެވެ. ތިމާއަށް އާރާ ބާރާ މުއްސަދިކަން އޮތީ ވެރިކަމުގައި މުއިއްޒު ހުރުމުން ކަމަށްވާތީ ޔާމީނު ގުއިވީއެވެ. މާދަމާ މުއިއްޒުވެސް ވާނީ ގުޔެވެ. ކުރައްވާފައިވާ ކަމަށާއި އެ ފައިސާ ދައުލަތަށް ހޯދިއްޖެނަމަ ދަރަނިތައް ދައްކަން ފަސޭހަވާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ޕީއެންސީ ފަލާހުގެ ގޮވާލުމަށް ޔާމީނުގެ މައްސަލަ ބަލާހެން އިނގުރައިދޫ ފަލާހު ޔާމީނާއެކު ހިންގާފައިވާ ވައްކަމާ ހިޔާނާތް ބަލާ ވަޑި ފަލާހަށް އަދަބު ދޭން ޖެހެއެވެ. ފަލާހުގެ ބުއްދި ހަމަތޯ ސިކުޑީގެ ޓެސްޓެއް ވެސް ހަދަން ޖެހެއެވެ.