މުއިއްޒު ޔާމީނުގެ ވަސް ފުހެލައްވާނެ!

ޔާމީނު ދޫކޮށްލެއްވެން ނެތްކަމަށް މުއިއްޒު އިއުލާނު ކުރެއްވި

މުއިއްޒު ޔާމީނުގެ ވަސް ފުހެލައްވާނެ!

ރައީސް ޔާމީނުގެ ނަންފުޅު ބޭނުން ކުރައްވައިގެން ޑރ. މުއިއްޒު ކިތަންމެ ރަނގަޅަކަށް ވެސް ޕީޕީއެމް މީހުންގެ ބޮލުގައި ތެތްގޯނި އަޅުއްވައިފިއެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާ ވޭނާއި ތުރާލުގެ ނާޖާއިޒު ފައިދާ ވަރަށް ހީލަތްތެރި ގޮތަކަށް ނަންގަވައިފިއެވެ.

ރައީސް ކަމުގެ ހުވާކުރެއްވުމަށް ފަހު ރައީސް ޑރ.މުއިއްޒު އަވަސްވެ ވަޑައިގަތި ރައީސް ޔާމިނު ދޫކޮށްލެއްވެން ނެތްކަން އިއުލާނު ކުރެއްވުމަށެވެ. ޑރ. މުއިއްޒު ހުވާ ކުރެއްވި ހިސާބުން ޝަރީއަތަށް ސަރުކާރުން އަތްބޭނުން ނިމުނީކަމަށް ވިދާޅުވެ ދެއްވީ ރައީސް ޔާމީން ދޫކޮށް ލައްވަން ނެތްކަމުގެ މެސެޖެވެ. 

ހުވާކުރައްވާނީ ރައީސް ޔާމީނު މިނިވަން ކުރައްވައިގެން އަތްޕުޅުގައި ހިއްޕަވައިގެން ހުންނަވާ ކަމަށް ޕީޕީއެމް ސަޕޯޓަރުން ޔަގީން ކުރިއެވެ. ޕީޕީއެމްގެ އާއްމު މެންބަރުންގެ ތާއީދު ހޯދުމަށް ކެންޕޭނު ތެރޭ ކުޅުއްވިހާ ޑްރާމާއަކީ ތެދެއްނޫންކަން ސާބިތުކޮށް ދެއްވުމަށް ޖަލު ބަންދުގައި ހުންނެވުމުން ރައީސް ޔާމީނަށް ފުރުސަތެއް ލިބި ވަޑައެއް ނުގަތެވެ. 

ރައީސް ޔާމީނު ޖަލުގައި ހުންނެވުމުން އެމަނިކުފާނުގެ ނަންފުޅުގައި ޑރ. މުއިއްޒު ގެންދެވީ ތާއީދު ހޯއްދެވުމަށް ހެއްދެވުނުހާ އިތުރުފުޅެއް ހައްދަވާ އާއްމުން ވާވައްދަވަމުންނެވެ. އޭރު އެވާހަކަ ދެއްކި މީހުން ދެއްކީ ފިތުނަ އުފެއްދުމަށް ކަމަށް އޭރުއޮތީވެފައެވެ. 

ރައީސް ޔާމީނު އިންތިހާބު ބޮއިކޮޓް ކުރަން އެދިވަޑައިގަތީ މިދުވަސް އަންނާނެކަން އެނގިވަޑައި ގަންނަވާތީއެވެ. އެއަޑު ބައްސަވާ ސެނެޓް ގަނެލައްވައިގެން ޓިކެޓް އެންޑޯޒް ކުރުވީ ދޮންކަޅު އަންގަވާ ނުލައްވައެވެ. 

ޑރ. މުއިއްޒަށް ޕީއެންސީ ޓިކެޓް ގައި ވެރިކަން ހޯއްދެވިއްޖެއެވެ. މިހާރު އަމާޒު ހިއްޕަވާފައި އެ ހުންނެވީ ޕީޕީއެމްގެ ބަނޑުދަށުން ރައްޔިތުންގެ މަޖިލީހަށް ގޮނޑިތަކެއް ހޯއްދަވާ ކޮންޓްރޯލް ކުރެއްވުމަށެވެ. މަޖިލިސް އިންތިހާބު ނިމެންދެން ވަރަށް ޕީޕީއެމް-ޕީއެންސީ ވާނެއެވެ. އިންތިހާބު ނިމޭ އިރަށް ރައީސް ޔާމީނު ޖަލަށް ގެންދަވާ ޕީޕީއެމް މަދޮށިފުކެއް ބަރުކޮށް ލައްވާނެއެވެ. ރައީސް ޔާމީނުގެ ވަސް ފުހެލައްވާނެއެވެ. ބަލަން ތިބޭށެވެ.