ސަރުކާރުން އުޅެނީ ކައުންސިލް ގްރާންޓް އަތުނުޖެހިގެން: ނާޒިލް

ކައުންސިލުގެ ބަޖެޓަކީ ދަތްދޮޅި ފުލުން ވެއްޓޭ އެއްޗަކަށް ހަދަނީ

ސަރުކާރުން އުޅެނީ ކައުންސިލް ގްރާންޓް އަތުނުޖެހިގެން: ނާޒިލް

ސަރުކާރުން އުޅެނީ ކައުންސިލްތަކުގެ 1.2 ބިލިޔަން ރުފިޔާ އަތުލައި ނުގަނެވެން ކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕް ލިޑަރ އިބްރާހީމް ނާޒިލު ވިދާޅުވެއްޖެއެވެ. އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ މެންބަރ ނާޒިލު އެމޭރުމުން ވާހަކަ ދެއްކެވީ އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މެންބަރ ނާޒިލު ވިދާޅުވި ގޮތުގައި ކައުންސިލްތައް އޮބަހައްޓާ ސައިޒު ކުރަން ވަނީ މިނިސްޓްރީއެއް ހަދާފައެވެ. ލާމަރުކަޒީ ނިޒާމު ބަރުވެރި ކުރުމުގެ ނަމުގައި  މިނިސްޓްރީއެއް އުފައްދައިގެން ކައުންސިލްތައް އޮބަހައްޓަން އުޅެނީ ކީއްވެކަން މެންބަރު ނާޒިލު ވަރަށް ސާފުކޮށް ވިދާޅުވެ ދެއްވިއެވެ.

ކައުންސިލްތަކުގެ ބަޖެޓަކީ ސިޓީ މިނިސްޓްރީން ކައުންސިލްތަކަށް ދޭ އެއްޗަކަށް ހަދަން ސަރުކާރުން މަސައްކަތް ކުރާކަމަށް ވެސް ނާޒިލު ވިދާޅުވިއެވެ. 

ސަރުންކާރުން ކުރަން އުޅޭކަމަކީ ކައުންސިލތަކަށް ގްރާންޓްގެ ގޮތުގައި ލިބޭ ފައިސާ ސީދާ ސަރުކަރުގެ ބާރުގެ ދަށަށް ގެނައުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލްތަކަކީ އާމްދަނީއާއި ހަރަދަށް ޒިންމާވާ، ދަރަނި ނެގުމާއި އާމްދަނީ ހޯދުމުގެ ގާނޫނީ ބާރު ލިބިފައި އޮންނަ މިނިވަން މުއައްސަސާތަކެކެވެ. ދައުވާ ކުރުމާ ދައުވާ ލިބިގަތުމުގެ ބާރު އޮތް މުސްތަގިއްލު އިދާރާތަކެކެވެ. ސަރުކާރުގެ ވަކި މިނިސްޓްރީ އެއްގެ ގޮފިތަކެއް ނޫނެވެ. ގާނޫނު އަސާސީން ލާޒިމުކޮށްގެން އުފައްދާ ރައްޔިތުން އިންތިހާބު ކުރާ ބަޔަކު ތިބޭ މިނިވަން މުއައްސަސާތަކެކެވެ.