މުއިއްޒުގެ އައުވާނުންނާއި މުޅި ގައުމު އެދިގޮވަނީ އެމްޑީޕީއަށް!
މަދަަނީ ބަސްނޭހުމަކަށް ރައްޔިތުން ގޮވައިގެން ނިކުތުމުގެ ހަކަތަ ހުންނަނީ އެމްޑީޕީގަ!
އެމްޑީޕީގައި ވަކި މީހަކު ނެތިގެން އެމްޑީޕީ ވާގިނެތިގެން ނުދާނެކަން ރޭގައި ސާބިތު އެ ކޮށްދިނީއެވެ. ވަކެއް ވެއްޓިގެން ރޫޅޭނީ ކަށިކެޔޮ ގަޑެކެވެ. އެމްޑީޕީއަކީ ރޫޅާނުލެވޭ ވަރަށް ހަރުވެ ހިލަވެފައިވާ އެކަތިގަޑެކެވެ. ރާއްޖޭގައި އޮތް އެންމެ ވަރުގަދަ އެންމެ ފުރުސަތު ބޮޑު ސިޔާސީ ޕްލެޓްފޯމެވެ. އެމްޑީޕީ ރޫޅާލަން އުޅުނު ކޮންމެ މީހެއްގެ ސިޔާސީ ހަޔާތް ނިމެނީ ބާކީވެގެންނެވެ.
ސަރުކާރު ޖަވާބުދާރީ ކުރުވަން ބޭނުން ކޮންމެ ވަގުތެއްގައި ރައްޔިތުން ގޮވައިގެން ނިކުތުމުގެ ޖޯޝާއި ކެރުމާއި ހިއްވަރު އެމްޑީޕީގައި ހުރިކަން ރޭގައި ފެނިގެން އެދިޔައީއެވެ. ސުލްހަވެރި ސިޔާސީ ހަރަކާތަށް އެންމެ ފަރިތަ ބަޔަކީ ވެސް އެމްޑީޕީއެވެ. މަދަަނީ ބަސްނޭހުމަކަށް ދާން ބޭނުންވިޔަސް ރައްޔިތުން ގޮވައިގެން ނިކުތުމުގެ ހުނަރާ ހަކަތަ ހުންނަނީ އެމްޑީޕީގައެވެ. ސަރުކާރު ހަމަ މަގުން ކައްސާލާ ކޮންމެ ފަހަރަކު ރައްޔިތުން އެދި ގޮވަނީ އެމްޑީޕީ ކުރިއަށް ނިކުމެ ރައްޔިތުން ގޮވައިގެން ގައުމު ހަމަމަގަށް އަޅުވާދިނުމަށެވެ.
މުއިއްޒު މަހު އެއްޗެތިކޮޅު ދެއްވާ ބާނދީންނާއި ކުލީ ގަލަންތަކާއި ބައިއަޅާ ސިޔާސީ ރަންޑިންގެ ލޮލަށް މިރުސްއެޅިފައި ތިބެގެންވެސް ކިޔަނީ އެމްޑީޕީ ރޫޅިއްޖެ ކަމަށެވެ. މުއިއްޒު ސަރުކާރާ ދެކޮޅަށް އެމްޑީޕީ ނުނިކުމެ މުއިއްޒު މައިތިރި ނުކުރެވޭނެ ވާހަކައެވެ. މުއިއްޒުގެ އަޅުންގެ އަޅުން ދެކޭގޮތުގައި ވެސް ރައްޔިތުން ގޮވައިގެން ނިކުމެ ކަމެއް ބަދަލު ކޮށްލެވޭވަރުގެ ބަޔަކީ އެމްޑީޕީއެވެ. މުއިއްޒަށް ހަގީގަތް އޮޅުވާލައިގެން އެވަރެއް ނެތްކަމަށް ދައްކައިގެން އެ ބައިގަނޑު އުޅެނީ މަހު މުސާރައާއި މަހުކުއްޔާއި އަޅާބައި ހުއްޓީދާނެތީއެވެ. ހަގީގަތް ލޮލަށްފެނި އަތުން ހިފުނަސް ބަލި ގަބޫލު ނުކުރާގޮތް ދައްކަނީ ލިބޭ ވަގުތީ މަންފާ ހުއްޓިދާނެކަމުގެ ބިރަށެވެ.
މުޅި ރާއްޖޭގައި ރޮއެ އާދޭސް ކުރަމުން ވައުދު އައުކުރަމުން ދުއްވިޔަސް މުއިއްޒަށް ރައްޔިތުން ރުހުން ނެތްކަން އެމްޑީޕީގެ އެންމެ އެއްވުމަކުން ފެނިގެން ހިނގައްޖެއެވެ. ރާއްޖޭގެ ރައްޔިތުން ރޭގައި މުއިއްޒަށް ދިން މެސެޖަކީ މުއިއްޒުގެ ވެރިކަމުން ރައްޔިތުން ލިބުމަށް އުންމީދުކުރާ ކަމެއް ނެތްކަމެވެ. މުއިއްޒަށް ވެރިކަން ދެވުނު މޮޔަ އިހުސާސް ވެއްޖެކަމެވެ. މުއިއްޒު ވެރިކަމަށް ގެނެވުމުން ބޮވުނު ބޮޑި ބޮވި ފުދިއްޖެ ކަމެވެ. މުއިއްޒުގެ ވެރިކަމުގައި މުޅި ގައުމު ފުނޑިއްޖެކަމެވެ.
ރޭގައި ފެނިގެން އެދިޔައީ ރިހާސަލެކެވެ. ސުލްހަވެރިކަމާއެކު ރީތިގޮތުގައި މުއިއްޒަށް ރައްޔިތުން އެދިނީ ނަސޭހަތުގެ އިންޒާރެކެވެ. މުއިއްޒު ހިތުހުރި ގޮތަކަށް ވެރިކަން ކުރަން ދޫކޮށްލައިގެން ރައްޔިތުން ނުތިބޭނެކަމުގެ އިންޒާރެކެވެ. ނަސޭހަތެކެވެ. ފަސްއަަރުގެ ޓާމަކަށް ވެރިކަން ދިނުމަކީ ބޭނުންހާ ގޮތަކަށް ވެރިކަންކުރަން ދިން ލައިސަންސެއް ނޫންކަމުގެ އިންޒާރެކެވެ. މަވެތިކަން ދައްކާ ހިތުހުރި ގޮތަކަށް ވެރިކަން ކުރާނަމަ ރައްޔިތުން ހަވާލުކުރި ވެރިކަން ރައްޔިތުންނަށް އަތުލެވިދާނެކަމުގެ ރަމްޒީ އިޝާރާތެކެވެ.