ޝިހާބަށް އުޅުއްވޭނީ ގާސިމު ފިޔަވަޅު މަތީގަ!

ޝިހާބަށް އުޅުއްވޭނީ ގާސިމު ފިޔަވަޅު މަތީގަ!

ލަދުން ބޯހަލާކެވެ. މުހައްމަދު ޝިހާބަށް ލިބިވަޑައި ނުގަނެގެން އެ އުޅުއްވަނީ ކޮން އެއްޗެއް ހެއްޔެވެ. ހަމަ ގައިމު މުދަލާ ފައިސާ މަދެއް ނުވާނެއެވެ. ދެއްވި ހެޔޮ ރަހުމަތުގައި ތިއްތިކޮށް ނުހުންނެވިގެން އެ ނުކުމެ ވަޑައިގަތީ އަމަށަކު ވަރެއް ވެވަޑައިގެން ނޫންކަން ގައިމެވެ. 

ރައީސް މުއިއްޒުގެ ހުދުމުހުތާރު ކަމާއި ދޮގުވެރިކަމާ ލޮލުން ބޮލުން ގަބޫލު ކުރައްވާނެކަން ގައިމެވެ. ކޮރަޕްޝަނާއި ފަސާދަ މުއިއްޒުގެ ސަރުކާރުގައި އޮތްވަރު ހިތްޕުޅުގެ އަޑީން ގަބޫލު ކުރައްވާނެ ކަމާމެދަކު ޝައްކެއް ނުކުރެވެއެވެ. 

އަތްނުލަންވާ ތަންތާ އަތްލައިގެން މުއިއްޒުގެ ސަރުކާރު އައި ފަހުން ތަރުތީބުވެގެން ރައްޔިތުންގެ ގިނަ ބަޔަކަށް ޖައްސަމުންދާ ބަލާ މުސީބާތް ބޭފުޅުކަމުން ފަހަރެއްގަޢ މުހައްމަދު ޝިހާބަށް އިހުސާސް ނުކުރެއްވިދާނެއެވެ. އެހެނެއް ކަމަކު ސަތޭކަ ބިލިޔަނަށް ވުރެ މާ ބޮޑު ބަޖެޓެއް ދެއަހަރު ތެރޭގައި ތަޅާ ބުރުއްސާލިކަން އެނގި ވަޑައި ގަންނަވާނެއެވެ..

މުއިއްޒު ތަޅާ ބުރުއްސާލި ބިޔަ ދެ ބަޖެޓުން ރައްޔިތުންނަށް ރޯގިލަ ކަންފުޅެއް ނުވާކަން ގައިމު ވެސް އެނގި ވަޑައިގަންނަވާނެއެވެ. ރައްޔިތުންގެ މަޖިލިސް މުއިއްޒުގެ ފައިކޭޓަށް މަހާލިގޮތްވެސް ދެކިވަޑައި ގަންނަވާނެއެވެ. ފަނޑިޔާރުގެ އާއި މިނިވަން މުއައްސަސާތައް މުށުތެރެއަށް ގެންދިޔަ ގޮތްވެސް ސާފުވެ ވަޑައި ގަންނަވާނެއެވެ. 

މުއިއްޒުގެ ނޭއްގާނި ހުދުމުހުތާރު ކަމާއި މަވެތި އިސްރާފުކުރުން ތަކަށް ބީރު ކަންފަތް ދެއްވާ ލޯމަރުއްވަގެން ދެ އިންތިހާބު އެއްކޮށްލަން ތާއީދު ކުރައްވަނީ ކީއްވެކަން ނެނގޭ ބަޔަކަށް ނޭނގުނަސް އެނގޭ ބަޔަކުވެސް ތިބޭނެތާއެވެ. އެއްވެސް އިރެއްގައި ގާސިމު ފިޔަވަޅުމަތީ ފިޔަވަޅު އަޅުއްވައިގެން ނޫނީ ޝިހާބަކަށް ނޫޅުއްވޭނެއެވެ. ޝިހާބަށް އުޅުއްވޭނީ ގާސިމު ފިޔަވަޅު މަތީގައެވެ.