ރައީސްގެ ސިޓީފުޅަށް ޖަވާބުނުދީ ސައުދީން ދިނީ 400 ހައުސިންގޔުނިޓް!

ޔާމީންގެ ކޯލާއި ސިޓީއަށް ޖަވާބު ނުދޭތީ އިބޫއަށް ވެސް އެހެން ހަދާނެކަމަށް ހީކުރީތަ

ރައީސްގެ ސިޓީފުޅަށް ޖަވާބުނުދީ ސައުދީން ދިނީ 400 ހައުސިންގޔުނިޓް!

ސައުދީ އަރަބިއްޔާގެ ރަސްގެފާނަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ފޮނުއްވި ސިޓީފުޅަކަށް ޖަވާބެެއް ނުދިނޭ ކިޔާ އަޑު ފެތުރުނުތާ އައްޑަން އިރުވީ ތަނާ މިއިވެނީ އެހެން އަޑެކެވެ. 

ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަން ފިއްލަވައިދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު މަސައްކަތް ކުރައްވާ މަގަށް ސައޫދީން ލެއްގި 400 ލަގްޒަރީ ހައުސިންގ ޔުނިޓް ލެއްގި ވާހަކައެވެ.

ފ. އަތޮޅު ހިމިތީގައި ސައުދީ ވަލީއަހުދު ފަތުރުވެރިކަމުގެ އިންވެސްޓްމަންޓެއް ކުރައްވަން ޝައުގުވެރިވެ ވަޑައިގަތްތަނާ ނޫނެކޭ މަނިއްޕުޅު އެތަން ހިބައިން ގެންދަވާށޭ، މަޖިލިސް ކުދިން ގާނޫނާ އެއްގޮތަށް ކުރަންޖެހޭ މަސައްކަތައް ކުރުމަށް ޖެޓެއްގައި ޑޮލަރު ކޮޅެެއް ފޮނުއްވާށޭ ބުނި އިރު މިއުޅެނީ ގައުމުން ބައެއް ކަނޑާ ވަކިކޮށްލަން ކަމެއް މުހައްމަދަކަށް އެނގިވަޑައެއް ނުގަންނަވައެވެ. 

ޖެޓްގައި ގެނައި ޑޮލަރު ދަބަސްތައް ގެއްލުނު އިރު ރައްޔިތުން ހޯބޯ ލަވަން ފެށިކަން ޕްރިންސް މުހަންމަދަށް ސާފުވެ ވަޑައިގަތް ހިސާބުން ޕީޕީއެމަކާ ޔާމީނާ  ޔާމީނެެއް ދޫކޮށްލައްވައިފިއެވެ. ފަހުން ކުރިހާ ކޯލާއި، ފޮނުވިހާ ސިޓީއަށް ޖަވާބެއް ނުދިންތާ ތިޔައީ ކޮންތާކުން ހޭރޭ މިވެނި އެއްޗެއްހޭ ވެސް އައްސަވާ ނުލެއްވިއެވެ. އެހެންވީމާ މިބައި މީހުންނަށް ހީވަނީ ރައީސް ސާލިހުގެ ސިޓީ ފުޅަށް ވެސް ވާނީ އެހެން ކަމުގައެވެ.

ސައުދީން ޖަވާބެެއް ނުދިނޭ ގޮވަންފަށާ ކަރު އިރަން ތިއްބާ އެއޮށް އިއުލާން ކުރީ ސައުދީ ސަރުކާރުން ރާއްޖެއަށް ދެއްވާ 400 ހައުންސިންގ ޔުނިޓްގެ ވާހަކައެވެ. 

ރައީސް ސާލިހުގެ އަންނަ ރިޔާސީ ދައުރަށް ސައުދީން ދެން އަންނަން އޮތްބައި ﷲ އިރާދަފުޅުން އަދި އޮތީއެވެ.