ރައިސް ދެއްވެވި ލުއިތަކުން ރައްޔިތުންގެ ތަކުލީފުވީ އިތުރު

ރައިސް ދެއްވެވި ލުއިތަކުން ރައްޔިތުންގެ ތަކުލީފުވީ އިތުރު

ދިވެހިންގެ ރާއްޖޭގެ ކޮންމެ ސަފުހާއެއް ހުޅުވާ ބަލާލިޔަސް ފެންނާނީ ރައިސް މުއިއްޒު ރައްޔިތުންނަށް ދެއްވަވާފައިވާ ލުއިތަކެވެ. ރައްޔިތުންނަށް މިފަހަރު ރައިސް ކަމޭ ހިތްތެވި މިންވަރުން ، ރައްޔިތުން ތިބީ ހަދާނެ ގޮތް ހުސްވެފައިއެވެ.

އަތް ނުފޯރާފަށުގައި ހުރި ކަރަންޓު ބިލުތަކަށް ރޯދަ މަހާއި ގުޅިގެން ލުއި ދޭނެކަމަށް ރައިސް މުއިއްޒުގެ ސަރުކާރުންވަނީ ވައުދުވެފައެވެ. މިހަބަރު ލިބުމުން ރައްޔިތުން ތިބީ ހިންދެމިލައިގެންނެވެ. ނަމަވެސް މިސަރުކާރަކީ އަބަދުވެސް ހޮޅި ވައުދުވާ ސަރުކާރެއްކަން ރައްޔިތުން ހަނދާނެތުނީ އެވެ.

މިދިޔަ އަހަރުގެ އެންމެ ހޫނު ތިން މަސްކަމަށްވާ ރެކޯޑްވެފައިވާ ފެބްރުއަރީ، މާރޗް އަދި އެޕްރިލް މަހުގެ ބިލްތަކަށް ލުއި ލިބޭނެކަމަށް ސްޓެލްކޯއިންވަނީ ބުނެފައިއެވެ. އަދި ބާކީ އޮތް 9 މަހުގެ އެވެރޭޖް  އަގަށް ވުރެ، މިއަހަރުގެ އެތިން މަހުގެ ބިލުގެ އަގު އިތުރު ނުވާނެކަމަށް ވެސް ބުންޏެވެ. ނަމަވެސް އީދު ޗުއްޓީ ނިންމާލާ ގެއަށް ވަނތްއިރު ބިލުތައް އައީ ބޯކޮޅު ވަތަށެވެ. ރޯދަ މަހުގެ ބިލުތައް އައީ ދެގުނަށް ބޮޑުކޮށެވެ.

މުއިއްޒެއްކަމަކު އަބަދަކު ރައްޔިތުން މޮޔައެއް ނުހެއްދޭނެއެވެ. އީދަށް ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވާ މަގުތައް ދިއްލިޔަސް ހިންގާ ޖަރީމާތަކެއް ނުފޮރުވޭނެއެވެ.

ރައިސް މުއިއްޒޫއެވެ. މަނިކުފާނު ދެއްވާ ކޮންމެ ލުއިޔަކާއި އެކު ރައްޔިތުންގެ ތަކުލީފު ވަނީ އިތުރެވެ. މާތް ކަލާކޯ ލުއި ދެއްވިޔަސް ލުއިދެއްވަވަން ވާނީ ހިތަށް ކުޅަދާނަ މިންވަރަށްށެވެ.