ފޫޅުނުވެއްޓެނީސް ފޫޅުމައިމީހާ ބަޗައިފި
ފޭރޭފޮށި ފޭރެން ދޫކޮށްލާފާ އައު ފޫޅުމާފޮއްޓެއް
ކުއްޖާގެ ފޫޅު ނުވެއްޓެނީސް ފޫޅުމައިމީހާ ފޫޅުމާފޮށި ދޫކޮށް ފިލާ ރައްކާ ވެއްޖެއެވެ. ވާނީ އެހެންތާއެވެ. އެޅިހާ ވޭނުގައި ހާނާ ތެޔޮފެންލާ ބައިންޖަހާ ތަނަށް އަރުވާ މަސްތުރަކަޮށް ވިއްސާހެދި ފޫޅުމާމީހާގެ ބަހެއް ވިހޭފަހުން އެތެރިގެއަކު ނުވިކެއެވެ. ވިހޭގެ ތެރޭގައި ބޭނުން ކުރާހާ ކަތުރާ ދައްޗާ ބޭހާ އާލާތް އަޅައިގެން ގެންގުޅޭ ފޫޅުމާ ފޮއްޓަކީ ފޫޅުމާ މީހާ އަތްދަށުލާފައި ހުރި އެއްޗެއް ކަން ވިހޭމީހާ ވިހެއުމާއެކު ހަނދާން ނެތިއްޖެއެވެ. އެތަނުން މީހެއް މިތަނުން މީހެއް ގެނެސްގެން ވިހޭގެ ތެރޭގައި އަތްބުރަނީ ދުވަހަކު ލޯނުދެކޭ މީހުންނެވެ. ފޫޅުމާ މީހާގެ ބަހެއް ނުވިކެއެވެ. ލަފައެއް ނާހައެވެ. ބޭކެނބި ދައިތަވާ ރުޅިމަޑެވެ.
އަހާނ ސަހަރޯއެވެ. ވަރު އަރުވާފާ ދޫކޮށްލި ފޫޅުމާ ފޮއްޓަކީ ފޫޅުމާ މީހާގެވެސް އެއްޗެއް ނޫނެވެ. އެފޮއްޓަކީ ރަށުގެ މުސްކުޅި ބޭކެނބި ދައިތަ ގެންގުޅެލަން ދިނީމާ އެދައިތަ އަތުން ފޭރިގަތް ފޮއްޓެއް ވިއްޔާއެވެ. ބޮޑު ބޭކެނބި ދައިތަ އެކަމާ ވީމޮޅިން ފޫޅުމާފޮށި ހޯދަން ނައިބުގެއަށް ދިޔައެވެ. އެފޮށި ނައިބުގޭން ދައިތައަށް ހޯދާ ދީފާނެ ކަމަށް ގަތްބިރުން ހޯދި ކުޑަކުޑަ ފޫޅުމާ ފޮށި ވެސް މި ހުރިހާ ދުވަހު ގެންގުޅުނީ ބޮޑު ބޭކެނބި ދައިތަ އަތުން ފޭރިގަތް ފޫޅުމާ ފޮށީގެ ތެރެއަށް ލައިގެނެވެ.
އެންމެ ފަހުން ވިއްސަން އުޅުނު އުޅުމުގައި އެޅުނު ޅައެއްޗެހި ތަކަކުން ފޫޅުމާކަން ކުރަންމެދުކަނޑާލަން މޮޅު ފޫޅުމައަށް ޖެހުނެވެ. ފޫޅުމާކަން މެދުކަނޑާލަން ޖެހުމުން ފޫޅުމާ ފޮށިތައް ބެހެއްޓީ ޓިނުގަނޑު ދަށަށް ލާފައެވެ. ފޫޅުމާ ފޮށިތައް ޓިނުގަނޑު ދަށަށް ލީފަހުން ފޫޅުމާއަށް ފޫޅުމާ ފޮށިން ފެންނަނީ ޓިނުގަނޑު ދަށުން ނެރެދެއްކި އެއްޗެއް ދެއްކި ވަރަކަށެވެ. ނަމެއްގައި ފޫޅުމާ މީހާގެ ފޫޅުމާ ފޮށި ތަކެކެވެ. ހުންނަނީ ޓިނުގަޑެއްގެ ދަށުގައި ތާށިކޮށްފައެވެ.
އެންމެފަހުން ފޫޅުމާ ފޮށިން ފޭރި ހުސްކުރަން ފެށީ ވިހޭގެ ތެރެއިންނެވެ. ބޭނުމެއް ހިފޭ ގޮތަށް ހުރި ހުރިހާ އާލާތަކާ ބޭހަކާ ކަފަރޯލަށް ދަންދެން ދަމައިގަތީއެވެ. ނަމެއްގައި ފޮއްޓަކީ މަ މޮޅު ފޫޅުމާމީހާގެ އެއްޗެކެވެ. އެތަން ދެކެން ހުންނާން މަ މޮޅު ފޫޅުމަޔަށް ކެތެއް ނުވިއެވެ. އެވަރު ވީމާ ފޫޅު ވެއްޓުނެއް ނުވެއްޓުނެއް ބަލާނެ ކަމެއް ނެތްތާއެވެ. ތަޖުރިބާ ކާރު މަ މޮޅު ފޫޅުމަޔަކަށް ފޫޅުމާ ފޮއްޓެއް ހޯދުމަކީ މާ އުދަގޫ ކަމެއް ކަމަކަށް ނުވާނެއެވެ. މޮޅު ގޮތަކީ ފޭރޭ ފޮށި ފޭރެން ދޫކޮށްލުމެވެ. އެހެދީ ހަމަ ރަނގަޅަށެވެ.