މުއިއްޒާއި އޭނާގެ ސަރުކާރުގައި ޑިމޮކްރަސީގެ ކަންފުޅެއްވެސްނެތް

މުއިއްޒާއި އޭނާގެ ސަރުކާރުގައި ޑިމޮކްރަސީގެ ކަންފުޅެއްވެސްނެތް

އދގެ ޖެނެރަލް އެސމްބްލީގެ ރައީސްކަން ކުރައްވާފައި ހުންނެވި އަބްދުއްލާ ޝާހިދުވެސް ހައިރާންވެ ސިހިވަޑައި ނުގަންނަވާ ވަރެއް ނޫނެވެ. ގައުމެއްގެ ރައީސެއްގެ ފުށުން ދުނިޔޭގެ ތާރީހުވެސް ނުދެކޭވަރުގެ މުޑުދާރުކަމެއް ރައީސް މުއިއްޒުގެ ފުށުން ފެނުމަކީ ސިހޭނެ ކަމެކެވެ. ހައިރާންވެ އަންތަރީސް ވާވަރުގެ ހުތުރު ކަމެކެވެ. 

ރައީސް މުއިއްޒު އަމިއްލަފުޅަށް ގުޅުއްވާ ނޫސް އެޖެންސީއަކަށާއި ނޫސްވެރިން ތަކަކަށް ބިރު ދެއްކުމަކީ ވެރިއަކު މުއިއްޒާއި އޭނާގެ ސަރުކާރުގައި ޑިމޮކްރަސީގެ އުސޫލުގެ ކަންފުޅެއްވެސްވެއްޓޭނެ އެންމެ ދަށު ދަރަޖައެވެ. އޮނަރަބަލް ޝާހިދު ވިދާޅުވާހެން ވަރަށް ސާފުކޮށް އެނގިގެން އެދިޔައީ ރައީސް  ނެތްކަމެވެ. ހެޔޮ ވެރިކަމުގެ އުސޫލުތަކަށް އެއްވެސް އިހުތިރާމެއް ނުކުރާކަމެވެ. އިހުތިރާމްކުރުމުގެ އެއްވެސް ނިޔަތެއް ނެތްކަމެވެ.

ތެދުފުޅެކެވެ. ނޫސްވެރިކަމުގެ މިނިވަންކަން އޮތީ ނުރައްކަލުގެ ތެރޭގައެވެ. ވަރަށް ދަތި އުނދަގުލުން ރާއްޖެއަށް ލިބިފައިވާ ޑިމޮކްރެޓިކް ކާމިޔާބީތައް އޮތީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ގުޅުމުގައި ދިވެހިރާއްޖޭގެ ބައިވެރިވުމަށް އޮތް ލަދުވެތިކަމެއްގެ ބޮޑުކަމާއެވެ.  

އަނެއްކޮޅުން އެއްވެ އުޅުމުގެ މިނިވަންކަމުގެ ބޭނުން ހިފަމުންދާ އަންހެން އެކްޓިވިސްޓުންނާ ދެކޮޅަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރަމުންދާ ނޭއްގާނި ކަންކަމާއި އަމާޒު ހިފާފައިވާ ބިރުދެއްކުން ހަރުކަށި އިބާރާތުން އޮނަރަބަލް ޝާހިދު ކުށްވެރިކުރައްވަނީ އަސާސީ ހައްގުން ރައްޔިތުން މަހުރޫމު ކުރާތީއެވެ. ދޮގު ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ޕޮލިހަށް މީހުން ހާޒިރުކޮށްގެން ބިރުދެއްކުމުގެ މަސައްކަތްތަކަކުން ސަރުކާރާ ދެކޮޅަށް އުފެދެމުންދާ ރުޅިވެރިކަމުގެ އޮއިވަރު ނުހުއްޓުވޭނެ ކަމަށް އޮނަރަބަލް ޝަހިދު ދެކިވަޑައި ގަންނަވައެވެ. 

ސަރުކާރުން ހިންގާ ނޭއްގާނި އަމަލުތަކާއި ގުޅިގެން އޮނަރަބަލް ޝާހިދު ވިދާޅުވަނީ ސަރުކާރުން ތަކުރާރުކޮށް ދުނިޔެއަށް ސާބިތުކޮށްދެވެނީ އެއްވެއުޅުމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ފަދަ ޑިމޮކްރެޓިކް އަގުތައް ނުހިފަހައްޓާކަމެވެ. ސިޔާސީ މައިދާނުގައި އަންހެނުންނާ ދެކޮޅަށް އަނިޔާވެރިކަން ހިންގުމަށް ސަރުކާރުން ހިތްވަރުދޭކަމެވެ. 

އެމްޑީޕީގެ ސީނިއަރ އެކްޓިވިސްޓް އަދި އެމްޑީޕީގެ މަޖިލިސް މެމްބަރު މިކާއިލް ނަސީމްގެ މަންމާފުޅު، މަންދީ ޒުބައިރަށް ދިން ކަޅުތެލުގެ ހަމަލާ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވަމުން އޮނަރަބަލް ޝާހިދު ވިދާޅުވެފައިވަނީ އެކަން އެހެން ދިމާވެފައި ވަނީ އިދިކޮޅު ފަރާތްތަކަށް ބިރުދެއްކުމަށް ޕޮލިހަށް ތަކުރާރުކޮށް ހާޒިރުކުރަމުން ދިޔުމަށްފަހުަގައެވެ. ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އޮންލައިންކޮށް ހިންގަމުންދާ ފުރައްސާރައިގެ ޢަމަލުތަކަށް ފަހުގައެވެ. ފަސްޓް ފެމިލީގެ ވަކީލުން މަންދީ ޒުބައިރަށް ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ބުނެ ބިރުދެއްކުމަށްފަހުގައެވެ. އެންމެ ފަހުން ޖިސްމާނީ ގޮތުން ވެސް ހަމަލާދިނީކަމަށް ށާހިދު ދެކިވަޑައި ގަންނަވައެވެ. 

ޑިމޮކްރަސީ ރައްކާތެރިކުރުމުގައާއި، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މިނިވަންކަން ހިފެހެއްޓުމުގައާއި،ސިޔާސީ މައިދާނުގައި އަންހެނުން ރައްކާތެރިކުރުމުގައި މުއިއްޒު ސަރުކާރު ވަނީ ފެއިލްވެފައިވެފައިކަމަށް އޮނަރަބަލް ޝާހިދު ވިދާޅުވެއެވެ. އެމްޑީޕީގެ ރައީސް ކަންވެސް ކުރައްވާ ޝާހިދު ވިދާޅުވަނީ ސަރުކާރުގެ ޒިންމާއަކީ ހަމައެކަނި ސަރުކާރަށް ތާއީދުކުރާ ފަރާތްތައް ރައްކާތެރިކުރުމެއް ނޫނެވެ. ހުރިހާ ރައްޔިތުން ރައްކާތެރިކުރުމެވެ.