ފުވާދަށް: ނޫނެކޭ ބުނެ މުއިއްޒު ނޯށުން ރޮއްވާލާނެ.
ހިޔަޅު ވަގުހަންލައިގެން އުޅެނީ މިނިކާ ވަގުންގެ ތެރެގައި އުޅެން ފަސޭހައަށެވެ. އެގޮތަށް ނަޒާހަތްތެރިކަމުގެ ފޭރާމުގައި ވަގަކުވެސް އުޅެފާނެއެވެ. އެހެނެއް ކަމަކު ކޮންމެވެސް ހިސާބަކުން ހަގީގީ ސޫރަ ފާޅުވާނެއެވެ.
މާ ތެދުވެރި މާ އިހުލާސްތެރި މާ ނަޒާހަތްތެރިކަމެއް ދައްކައިގެން އުޅުނު ފުވާދު ތައުފީގުގެ އަސްލު ސިފަ މުއިއްޒުގެ ވެރިކަމާއެކު ވަނީ ފާޅުވެފައެވެ. ރައީސްކަމަށް މުއިއްޒު އިންތިހާބު ކޮށް ދިނުމަށްފަހު އިލެކްޝަނުން ނިކުމެ ހިހޫތަނުން ދައުލަތް ވިދާ ނޮޅާކާން ދިމާކުރީމާ ކާކުކުރީ ކީއްކަން ސާފު ވެއްޖެކަމަށް ކުދިން ކިޔާއުޅެއެވެ.
ބޭންކޮކް އެންބަސީ ހިތަކަށްދޭން ވީ ވައުދާއެކު ރިޔާސީ އިންތިހާބު މުއިއްޒަށް ހޯދާދިނުމުގައި ފުވާދުގެ ދައުރު ބޮޑުކަމަށް އެތައް ބަޔަކު ތުހުމަތުކުރެއެވެ. ފުލުވަކު ވިސްނުމުގައި އޭރު ގިނަކަންތައްތަކެއް މުއިއްޒަށް ފަހިކޮށް ދިނިމުގައި ފުވާދު އުޅޭކަމަށް ކުރެވުނު ހީތައް މިހާރު ޔަގީންވެ ނިމުނީއެވެ.
ޔާމީނަށް ވާދަނުކުރެވޭ ގޮތަށް ރިޔާސީ އިންތިޙާބު ތާވަލު ރާވާލުމުގައި ފުވާދުގެ ހިޔަޅުބުއްދިން ބޮޑުރޯލެއް ކުޅުނެވެ. އޭރު އޮތްވެރިކަން ފޮރޮޅާލަން ޕީޕީއެމް ބޭނުންކޮށްގެން މުއިއްޒު ހިންގި ގައުމީ ސަލާމަތަށް ނުރައްކާތެރި ދޮގު ކެންޕޭނު ފަތުއަޑުކިޔާފާ ކުރަން ފުވާދު ޖާގަ ދިނެވެ. ޝަރުއީ ހުކުމެއްގައި ޖަލުބަންދުގައި ހުރި ރައީސް ޔާމީނުގެ ފޮޓޯ ބޭނުންކޮށްގެން ގާނޫނާ ހިލާފަށް ކެމްޕޭނުކުރުން ނުހުއްޓުވާ ފުވާދު ހުރީ ލޯމަރައިގެންނެވެ.
ވަރުގެ ކޮޅަށް ދައުލަތުގެ ފައިސާގައި ބެންކޮކުގައި ދިރިއުޅޭ ފުވާދު ތައުފީގު ފެންނަ ނުފެންނަ ވޯޓަށް އާނއެކޭ ބުނުމަކުން މީހަކަށް ކަހެރުވަކެކެވެސް ހީއެއް ނުވާނެއެވެ. ބޮޑުތަނުން ނޫނެކޭ ބުނެ ރައްޔިތުން ފެންނަ ނުފެންނަ ވޯޓުގައި މުއިއްޒު ނޯށުން ރޮއްވާލާނެއެވެ.




