މަގާމުން ވަކިކުރުމަކީ ރައީސަށް ފަސޭހަކަމެއް

ސިޔާސީ މަގާމުގައި ތިބި އިދިކީލިން ވަކިކުރެވޭނެ!

މަގާމުން ވަކިކުރުމަކީ ރައީސަށް ފަސޭހަކަމެއް

ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ސިޔާސީ މަގާމުތަކަށް މީހުން އައްޔަނު ކުރުމާ ވަކިކުރުމުގެ ހުރިހާ ބާރެއް އޮންނަނީ ރައީސުލްޖުމްހުރިްޔާ އަށެވެ. ޕާޓީއަކަށް ނޫނެވެ. ސްލޮޓްދިން ޕާޓީގެ ރައީސްއަކަށްވެސް ނޫނެވެ.

ހެނދު ކަރަށް ބާރުކޮށް ޓައީއަޅައިގެން އޮފީހަށް ނިކުމެ ގޮނޑި ހޫނުކޮށްފައި ރަސްމީގަޑި ނިމުމުން ތިމާ ހިމެނޭ ސަރުކާރު ނޫން ގޮތެއް ހޯދަން ނިކުތީމާ ޖެހޭނީ މަގާމުން ވަކި ކުރާށެވެ. ސިޔާސީ މަގާމު ސަރުކާރުން ދީފައި ތިބެނީ ސަރުކަރުގެ ސިޔާސަތު ތަންފީޒު ކުރާށެވެ. ސަރުކާރު ބަދުނާމުކޮށް ލަސްކޮށް ފަސްކޮށް ފިކުރު ދިރުވާ އިދިކޮޅަށްވުރެ އިދިކޮޅުވެގެން އުޅޭކަށް ނޫނެވެ. 

އާނއެކެވެ. ސަރުކާރުގެ މަގާމު ތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ޒާތުފުޅުން ދެއްވާ މަގާމުތަކެއް ނޫނެވެ. އެމްޑީޕީ ނުވަތަ އެނޫން ޕާޓީއަކުން ހުށަހެޅައިގެން މަގަމުދޭން ޖެހޭކަމަށް އޮތީ ކޮންތާކު އޮތް ކޮން ގާނޫނެއްގައި ހެއްޔެވެ. އެމްޑީޕީން ހުށަހެޅިޔަސް ޖޭޕީން ހުށަހެޅިޔަސް އެނޫންތަނަކުން ހުށަހެޅިޔަސް ސިޔާސީ މަގާމުތައް ދެނީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތައް ގަބޫލުކުރާ އެ ސިޔާސަތުތައް ނަގަހައްޓާ ދަމަހައްޓާ ތަންފީޒު ކުރަން މަސައްކަތް ކުރާ ބަޔަކަށެވެ. އެހެން ގޮތެއް ހޯދަން އުޅޭ މީހުން އުޅޭނީ ސަރުކާރުން ބޭރުގައެވެ. 

ލަދު ހަޔާތެއް ގަންނަ މީހަކު ތިމާގެ ވިސްނުމާ ހިލާފު ބަޔަކާއެކީ ފަތީލެވިގެން މުސާރައެއް ނުނަގާނެއެވެ. ވަޒީފާ ގެއްލިދާނެތީ ޒަމީރު ގުރުބާން ކުރާނެ ބައެއް ނޫންނަމަ ސަރުކާރުން މުސާރަ ކައިގެން ސަރުކާރާ ދެކޮޅަށް ވައްވަކެއް ނުޖަހާނެއެވެ. 

މާބޮޑަށް ނުފުއްޕާށެވެ. ރައީސުލްޖުމްހުރިއްޔާ ބޭނުންފުޅު ނަމަ ސިޔާސީ މަގާމުތަކުގައި ސަރުކާރުގައި ތިބި އިދިކީލި އެންމެން ވަކިކުރުމަކީ ހިނދުކޮޅެއްގެ ކަމެކެވެ. ސިޔާސީ މަގާމުތަކުގައި ތިބި މީހުން ކީއްކުރަން ހެއްޔެވެ. ރައްޔިތުންގެ މަޖިލިސްގެ ރައީސް ކަމުން ނަޝީދު ވަކިކުރުމަކީ ވެސް އަދި ރައީސަށް ދާދި ފަސޭހަ ކަމެކެވެ. ނުކޮށް އޮތީކީ ކުރެވެން ނެތިގެނެއް ނޫނެވެ.