ބާރަށު މައިކު ކަނުވެ ބީރުވުމަކީ އެމްޑީޕީގެ މައްސަލައެއްނޫން
އެންމެ ރަނގަޅަށް ކޮވިޑް މެނޭޖުކުރިއެއް ގައުމަކީ ރާއްޖެ
ބާރަށު ޝުޖާއުއަށް ވާނުވާ ނޭގުނަސް އެމްޑީޕީ ސަރުކާރުން ކޮވިޑް މެނޭޖު ކުރި މޮޅުގޮތް މުޅި ދުނިޔޭން މިސާލެއްގެ ގޮތުގައި ފާހަގަކުރެއެވެ. މުޅި ދުނިޔޭން އެންމެ ރަނގަޅަށް ކޮވިޑް މެނޭޖުކުރި ފަސް ގައުމުގެ ތެރޭގައި ރާއްޖެ ހިމެނުނީ އެމްޑީޕީ ސަރުކާރުން މޮޅަށް ކޮވިޑް މެނޭޖުކުރީމައެވެ.
ކޮވިޑްގެ އާލަމީ ވަބާގައި ގައުމަށް އާމްދަނީގެ ގޮތުގައި ހަތަރު އަނާއެއްވެސް ނުވަދެ 2 އަހަރު ވީއިރު ގައުމު ބަޑަށް ނުޖައްސާ އުދަނގުލެއް އިހުސާސް ނުކޮށް މަތި ހަށި ނަގާފައި ބާރަށު ޝުޖާމެނަށް އުޅެވުނީ ކޮވިޑް ރަނގަޅަށް މެނޭޖު ކުރީމައެވެ. ސަރުކާރު މުއައްޒަފަކު ނުކަނޑާ ގޭގައި ބައިތިއްބައިގެން ހަމަ މުސާރަދީ، ވިޔަފާރިތައް ފުނޑުނަނުދީ ސަރުކާރުން އެހީތެރިކަންދީ މަސައްކަތްތެރިނަށް މާލީ އެހީތެރިކަންދީ ހެދީ ރަނގަޅަށް ކޮވިޑް މެނޭޖު ކުރެވުނީތީއެވެ. ނިއުމަތަށް ޝުކުރު ކުރަން ނޭނގޭ ބާރަށު ޝުޖާއު ކަހަލަ ފައިސާގެ އަޅުން ހަމައިގައި ނެތިގެން ކަނުވެ ބީރުވުމަކީ އެމްޑީޕީގެ މައްސަލައެއް ނޫނެވެ.
ދުނިޔޭގެ ތަފާސް ހިސާބާއި ޑަބްލިޔުއެޗްއޯގެ ހިސާބުތަކަށްވުރެ ބާރަށު ޝުޖާއުގެ ހިސާބުކުރުން ގަނޑު މާ މޮޅެވެ. އާބާދީގެ ނިސްބަތުން ކޮވިޑް ޖެހިގެން އެންމެ މަދުން މީހުން މަރުވި ގައުމުތަކުގެ ތެރޭގައި ރާއްޖެ ޑަބްލިޔުއެޗްއޯއިން ހިމަނާފައިވާއިރު ބާރަށު ޝުޖާއަށް ފެންނަނީ މުޅިން އެހެން އެއްޗެކެވެ. ހުޅުހުޅުން ދޫވާކުނޑީގެ ބާރު ކޮށްފައިވާލެއް ބޮޑީތާއެވެ.
49.3 ބިލިޔަންގެ ބަޖެޓެއް ލިބިގެން އެންމެ ދިހަމަސް ދުވަހުން ތާޅާ ހުސްކޮށްލި ބައިގަނޑު ނިކުމެ ކޮވިޑްގައި ދެއަހަރު ވަންދެން އާމްދަނީ އެއްނުލިބި ގައުމު ހިންގި ބަޔަކާ ދިމާލަށް އަނގަހުޅުވަން ލަދު ގަންނަން ޖެހޭނެއެވެ. ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާއާއި އެހެނިހެން އެހީ ރަނގަޅު ގޮތުގައި ބޭނުން ނުކުރިނަމަ މިއަދު ގައުމު ހޯދާ ނުފެނުނީހެވެ. ހިލޭ އެހީއަށް ކޮވިޑްގައި އެތައްހާސް މިލިއަން ރުފިޔާ ލިބުނޭ ބުނަން ޝުޖާއުގެ ލަދެއް ހަޔާތެއް ނެތެވެ.
މުޅި ދުނިޔޭން ވެސް ވެންޓިލޭޓަރަށް އިންތިހާއަށް ބޭނުންވެ ލިބުން ދަތިވެ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރަން ވެންޓިލޭޓަރު ހޯދުން ނޫންގޮތެއް އޭރަކު ނެތެވެ. ދުނިޔޭގެ މަދު ތާކުންނޫނީ އެ ލިބެން ނެތުމުން ލިބެން އޮތް ގޮތަކަށް ހޯދަން އުޅުމަކީ ސަރުކާރެއްގެ ޒިންމާކަން ނޭނގޭ މީހުން ރައްޔިތުންނޭ ކިޔައިގެން އަނގަނުހުޅުވާށެވެ. ވެންޓިލޭޓަރު ހޯދާދޭން ބުނާ ބަޔަކަށް ކުރިއަށް ފައިސާ ނުދީ ވާނެއެއްވެސް ގޮތެއް ނެތް މިންވަރަށް ވެންޓީލޭޓަރު ހޯދުމުގެ ބޭނުން ބޮޑެވެ. އެހެންކަމުން އެންމެ އަވަހަށް ހޯދާދޭނެ ކަމަށް ބުނާ ބަޔަކަށް އެ ގަތުމަށް އެޑްވަންސްކޮށް ފައިސާ ދިނުން ނޫން ގޮތެއް އޭރަކުނެތެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މަކަރާ ހީލަތުން ވެންޓިލޭޓަރު ގެނެސްދޭން ފައިސާ ނެގި މީހުން އެ ފައިސާ ދިވެހި ސާރުކާރަށް ދެއްކުމަށް މެލޭޝީޔާގެ އާބިޓްރޭޝަނުން އެއޮތީ ހުކުން ކޮށްފައެވެ. ކަމުގެ ހަގީގަތް އެނގި ހުރެ ބާރަށު މައިކު ކުރީ ސަރުކާރޭ ވެންޓިލޭޓަރޭ ކިޔަކަސް ހަގީގީ ވަގުންނަނީ މުއިއްޒާއި މުއިއްޒުގެ އައުވާނުންކަން ދިވެހިން ދަނެއެވެ.