ފައިނު ވައްޑެ ކިޔެވީ ކޮން އެއްޗެއް!

ސަރުކާރުން ކޮށްދޭ ކަންކަމުގެ މޮޅުކާލަން ދާއިރާއަށް ގޮސް އުޅެން ލަދެއް ނުގަނޭ

ފައިނު ވައްޑެ ކިޔެވީ ކޮން އެއްޗެއް!

ތިމާޔަށް އަރަބި ތައުލީމުދޭ ތަނަކުން ދެފިލި ދަސްވީމަ އަމިއްލަޔަށް ޝޭޚު ހެދިގެން އެއުޅުނުގޮތް ދިވެހީން ދުށްޓެވެ. އެންމެ ފުރަތަމަ މައުމޫނާ ޔާމީނަށް ސަނާކިޔާފަ މަޖައްލާ ނެރެދީފަ މޮޅުކަމެއް ނުލިބުމުން އެންމެފަހުން އެލިގަތީ އެމްޑީޕީގަދޯއެވެ. ނަސީބަކުން ކައުންސިލަރ ކަން ލިބުމުން ފައިނު ވައްޑޭގެ ހިތް އާސުމާނަށް އެރިޔެއް ކަމަކު ފަހުން އެވެރީންވެސް ބަލައިނުގަނެ މަގުމަތި ކޮށްލި ދުވަސް ހަނދާން އެބަހުރި ހެއްޔެވެ؟

ދެންނުކުތުމުން ތިޔަ މީހާ މީހެއްކަމަށް ހަދައިދިނީ ހަމަ އެމްޑީޕީންނެވެ. ހީކުރެވުނީ ތީވާ ރަނގަޅު އިލްމެއް ލިބިގެންހުރި ތަންކޮޅެއް ހުލްގު ހެޔޮވާނެ މީހެއް ކަމަށެވެ. އެކަމަކު މިއަދު ތިޔަ ތެޅިބާލަނީކީ އަމަށަކު ގޮތެއް ފޮތެއް ހުރި މީހަކު އުޅޭ ފާޑަކަށް ނޫނެވެ. ދީނީގޮތުން ފިލާވަޅެއް ލިބިފައި ހުރިނަމަކަ ތިމާ ވެސް ފޫގަޅައިގެން ނުކުމެ ހޮވާފައިހުރި ވެރިޔަކަށް ހައްގުން ކަމަކާ ނުލައި ތިޔަ ކުރާ ފުރައްސާރަ ތަކެއް ނުކުރީހެވެ.

ބަލަގަ ވައްޑޭއެވެ. ހަމަ ކުރާން އުޅުނު އެއްކަމެއް ވެސް ނުކުރެވި ބޭޒާރުވުމުން ތީގެ އެތެރޭގައި ހުރިކުނި ދިޔަތައް ދެމިޔަކަނުން ފައިބައި މީހާ އިތުރަށް ބޭޒާރުވުން ނޫންކަމެއް އަމުދަކުން މިހާރަކު ނުވެއެވެ. އިންތި ގޮވައިގެން ޗެއަރ ޕާސަންކަން ދޭން ނުކުމެ ކާމިޔާބުގެ ކޮޅުމައްޗެއް ނުފެނުމުން ހީކުރީ އެމްޑީޕީގެ މެމްބަރުންނަށް ފުރައްސާރަކޮށް ތުންފުއްސައް ދާންދެން ގޮވައިގެން އެމީހުން ލަދުގަންނުވައި އަމިއްލަކޮޅު ބޮޑުކޮށްލާނެމޭ ހެއްޔެވެ. ނޫނެކެވެ. ތިޔަކުރަނީ ރޭވިގެން ކުރާކަމެއްކަން މިހާރު އެންމެނަށްވެސް އެބައެނގެއެވެ. 

ރައީސް ސޯލިހަކީ ތިޔަހެން ކުރަތްޕެއްހެން އުދުހިލާއިރަށް އުސޫލުތައް ދޫކުރައްވައި އެޅިހާ ބަތަކަށް ރިހަވެގެން ބައެއްގެ ފައިބުޑައް ވެއްޓި ވަޑައިގަންނަވާނެ ބޭފުޅެއް ނޫނެވެ. ވެރިކަން އެކުރައްވަނީ އެ މަނިކުފާނު ވެސް އެންމެ އިސްދައުރެއް އަދާކުރައްވައިގެން އުފެއްދެވި ޕާޓީގެ ވޭތުވެދިޔަ 17 އަހަރުގެ ތަޖުރިބާޔާ އަދި އެމަނިކުފާނުން މަޖިލީހުގައި ހޭދަކުރެއްވި 25 އަހަރުގެ ދިގުމާޒީގެ ތަޖުރިބާއިން އިބުރަތް ލިބިވަޑައިގެން ހުންނަވައެވެ. ފިސާރި ސާބިތުކަމާއެކުގައެވެ. ހުލްގު ހެޔޮކަމާ އިންސާފުވެރި ކަމާއެކުގައެވެ.

ތިޔަ ކަހަލަ އަނދޮޅަކަށް އަދި ދުނިޔެ ނޭގިދާނެއެވެ. މައިތިރި ނުވެގެން ތެޅެނީ ހިތުން ތިހެން ވަށްވަށް ޖަހާލީމައި ހީބިހި ނަގައިގެން ކަލޭމެން ޕާޓީން ވަކިކޮށްލާތޯ ބަލައި އިދިކޮޅަށް ރަސްމީވެ ނުކުންނާންޖެހޭ ހުއްޖަތެއް ގާއިމު ކުރަންކަމަށް ހެއްޔެވެ؟

ޕީޕީއެމްގެ ތަބަކުން ޓިކެޓުދިން ވަގުކަލޭގެ އަތުން އެ ފުރުސަތު ގެއްލިއްޖިއްޔާ ދެން ހިރަފުހާ މެކިފައި އޮތަސް އެ ޓިކެޓު ގަނޑު ރައީސް ނަޝީދަށް ދީގެން 2023 ލިބިދާނެ ކަމުގެ ހުވަފެން ދައްކައިގެން ތިޔަ ކުރަނީ ފިސާރި އިޔަހޫދި ދެގޮތް ދެފުށް މަސައްކަތެކެވެ. އާހިރުގައި އަގުވެއްޓާ ބާކީ ކޮށް ލެވޭނީ ރައީސް ނަޝީދެވެ. ތިޔަ ޖަހާ މަޅީގައި ޖެހިވަޑައިގެން ރައީސް ނަޝީދަށް ވާންވީ އެއްޗެއް ވާންވީއެވެ.

އެމްޑީޕީ އަކުން ރައީސް ނަޝީދު ބާކީކޮށް ފަލީހަތް ކުރާކަށް އަމުދަކުން ނޫޅެއެވެ. ރައީސް ސޯލިހެއްވެސް އެކަން ކުރައްވާކަށް ހަމަ ނޫޅުއްވައެވެ. މުލީއާގޭ ތެރޭގަ އެވެނިކަމެކޭ މިވެނި ކަމެކޭ ކިޔައިގެން އަނގައަރުވައި އިތުރަށް ބޭޒާރުވާން ނޫޅޭށެވެ. ތިއުޅެނީ ހަމަ އެތެރޭގައި ދުރޫސުލް އަހުލާގުގެ ޒައްރެއްވެސް ނެތިގެންނެވެ. ކުރިން ހީކުރެވުނީ ކޮންމެވެސް އެއްޗެއް ކިޔަވައިގެން ހުރިމީހެއް ކަމަށެވެ. އެ ކަމަކު މިހާރު އަހާލަން ބޭނުންވަނީ ފޮތްބޮނޑި ހިފައިގެން ތެޅިގެން ކިޔެވުނީ ކޮންއެއްޗެއް ހެއްޔެވެ؟

=ފއމ=